21 Mar 2013, 15:38
ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ސައިކަލުގައި ތިބި ދެމީހުންނަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު 2:40 ހާއިރު ހިނގި މިއެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން މީހާއާއި ސައިކަލުގެ ފަހަތުގައި އިން މީހާއަށް ކަމަށެވެ.
މީގެ ތެރެއިން ސައިކަލު ދުއްވަން އިން މީހާގެ ހަށިގަނޑުން އެކިތަންތަން މަށައިގެން ގޮސްފައިވާ ކަަމަށާއި، ސައިކަލުގެ ފަހަތުގައި އިން މީހާގެ ބޮލަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ސައިކަލްގައި ތިބި ދެމީހުންނަކީވެސް ފިރިހެނުން ކަމަށާއި، މިމީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށް މައުލޫމާތު ލިބެ އެވެ.