ބަންގްލަދޭޝްގެ ރައީސް ޒިލުރް ރަޙްމާން އަވަހާރަވުމުގެ ހިތާމައިގައި، މިއަދުން ފެށިގެން 23 މާޗް 2013ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް، ތިން ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަމަޖައްސަވައިފި އެވެ.

ބަންގްލަދޭޝްގެ ރައީސް ޒިލުރް ރަޙްމާން އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއަށް އިއްޔެވަނީ ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުވާފަ އެވެ.

ރައީސް ޒިލުރް ރަޙްމާން އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްވުމަށް ފަހު ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި އިއްޔެ ހަވީރު އެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 84 އަހަރެވެ.