ޚަރަދުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ނުކުރެވިވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފެމެލީ ކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރަކާ ގުޅިގެން އެމީހާ ހޯދަން ފުލުހުން އިއުލާން ކޮށްފި އެވެ.

ފުލުހުން ބުނީ ފެމެލީ ކޯޓުގެ އަމުރާ ގުޅިގެން ހޯދަމުން ދަނީ ޅ.ކުރެންދޫ، ނޫރުއާބާދު، އަޙްމަދު ޢަބުދުއްރަޙީމް، 41 ކަމަށެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އޭނާ ބަންދުގައި ބަހައްޓައިގެން ފެމިލީ ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.

އޭނާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ވީއެންމެ އަވަހަކަށް ފުލުހުންނަށް ހިއްސާ ކުރުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.

"ވީމާ އަޙްމަދު ޢަބުދުއްރަޙީމް އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ 119 ށް ނުވަތަ 3322111 އަށް ނުވަތަ 9991442 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުން އެދެމެވެ،" ފުލުހުންގެ އިއުލާނުގައި ވެއެވެ.