16 Oct 2010, 10:49
"ހޭ ފެސްޓިވަލް"ގެ ތަފާތު 19 އައިޓަމެއް މިއަދު ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ހޭ ފެސްޓިވަލް އިންތިޒާމް ކުރާ ފަރާތުން ބުނެފި އެވެ.
ހޭ ފެސްޓިވަލްގެ ހަރަކާތްތައް މިއަދު ހެނދުނު 10:00 ގައި ފަށާފައި ވަނީ އާ ރަށުގައި ހަދާފައިވާ ފިލްމު ހައުސްގައި އެވެ. މިއަދު ކުރިއަށްގެންދި އުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ހަރާތްތަކުގެ ތެރޭގައި ދިވެހި ރައިވަރު ކިޔުމާއީ ބީބީސީގެ މަޝްހޫރު ޕްރެޒެންޓާ މޮންޓީ ޑޮންގެ ހާއްސަ ސޯއަކާއި "އެންޑް އޮފް ދަ ލައިން" ކިޔާ ކަނޑުއަޑީގެ ދިރުމާ ގުޅޭ ގޮތުން ތައްޔާރު ކޮށްފައިވާ ހާއްސަ ޑޮކިއުމަންޓަރީއެއް ދެއްކުމާއި، "މޯލްޑިވިސް ކްލައިމެޓް ޗެމްޕިއަންސް" ކިޔާ ޕްރޮގުރާމެއް ތިމާވެއްޓާ މެދު ޒުވާނުން ހޭލުންތެރި ކުރުވުމަށް ހިންގުން ހިމެނެ އެވެ.
ހޭ ފެސްޓިވަލުގައި މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އޮން ކަލައިމެޓް ޗޭންޖް ސިމާދު ސައީދު ދިވެހިރާއްޖެގެ ތިމާވެއްޓާ ބެހޭ އިސްފަރާތަކާ ބައްދަލު ކުރައްވާ ދިވެހި ރާއްޖެ ކާބަން ނިއުޓްރަލް ކުރުމުގެ ޕްރޮޖެކްޓާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
އިއްޔަ ފެށި ހޭސްޓިވަލް މިރޭ އާރަށުގައި ނިމޭއިރު ތަފާތު 28 އައިޓަމެއް އެ ފެސްޓިވަލުގައި ކުރިއަށް ގެންދާނެއެވެ. އެއީ އިއްޔަ ކުރިއަށް ގެންދިޔަ 9 އައިޓަމާއި މިއަދު ކުރިއަށް ގެންދާ 19 އައިޓަމެވެ.
ހޭފެސްޓިވަލަކީ 1988 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ފެސްޓިވަލެކެވެ. ހޭ ފެސްޓިވަލްތައް ބޮޑަށް އަމާޒުކުރެވިފައިވަނީ އަދަބީ ކަންކަމާ އަދީބުންގެ ތަފާތު ހަރަކާތްތަކާއި މުއުޒިކާއި، ސަގާފީ ކަންކަމުގެ މައްޗަށެވެ.
ރާއްޖޭގައި މި ބޭއްވޭ ހޭ ފެސްޓިވަލް އަމާޒު ކުރެވިފައިވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުކަން އިތުރު ކުރުމާއި، ސަޤާފީ ހަރަކާތްތަކަށާއި، އަދަބީ ކަންތައްތަކުގެ މައްޗަށެވެ.