16 Mar 2010, 16:15
19:00
އެމެރިކާގެ އަމިއްލަ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓް ކުރުމަށް މަގުފަހިކުރުވުމާ ބެހޭ އެއްބަސްވުމެއްގައި ރާއްޖެއާއި އެމެރިކާ ސަރުކާރާ ދެމެދު ސޮއިކޮށްފި އެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ބުނީ އިންވެސްޓްމަންޓް އިންސެންޓިވް، އައިއައިއޭގެ ނަން ދީފައިވާ މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓް ކުރުމަށްޓަކައި އެމެރިކާގެ އޯވަސީސް ޕްރައިވެޓް އިންވެސްޓްމަންޓް ކޯޕަރޭޝަން، އޯޕިކް އިން ރާއްޖޭގައި އެމެރިކާގެ ވިޔަފާރިވެރިން އިންވެސްޓް ކުރުމަށްޓަކައި ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރާއި ދެމެދު ކުރެވުނު މިއެއްބަސްވުމަށް އެމެރިކާގެ ކުންފުނިތަކުން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ އިކޮނިމިކް މިނިސްޓްރީގައި އިއްޔެ އެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑެވޮލޮޕްމަންޓް މުހައްމަދު ރަޝީދެވެ. އެމެރިކާގެ ފަރާތުން ސޮއިކުރެއްވީ އެމެރިކާއިން ދިވެހި ރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު ޕެޓްރީޝިއާ ބުޓެނިސް އެވެ.