ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް)ގެ ފިހާރައިގެ ވެހިކަލަށް ގެއްލުންދިން ކަމަށް ތުހުމަތު ކުރެވޭ މީހަކު ހޯދުމަށް ދެވަނަ ފަހަރަށް ފުލުހުން އިއުލާން ކޮށްފި އެވެ.

ދެވަނަ ފަހަރަށް ފުލުހުން އިއުލާން ކޮށްފައިވަނީ ރެޑްވޭވްގެ ވޭނަށް ގެއްލުންދިން ވިޑިއޯ އިން ފެންނަ މީހެއްކަމަށްވާ ގދ. ފިޔޯރީ ސްކޫލްދޮށުގޭ މުޙައްމަދު ރަޝީދު، 50، ހޯދުމަށެވެ.

އޭނާ ހޯދަން މީގެ ކުރިން ފުލުހުން އިއުލާން ކޮށްފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

އެ މައްސަލައާ ގުޅިގެން ދެ މީހަކު މިހާތަނަށް ފުލުހުން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން އެކަކު ވަނީ އޭނާ ހޯދަން ފުލުހުން އިއުލާން ކުރުމައެކު އޭނާ ވަނީ ސިފަ ބަދަލުކޮށް ފުލުހުންނަށް ފިލަން މަސައްކަތް ކޮށްފަ އެވެ.

"ގދ. ފިޔޯރީ ސްކޫލްދޮށުގޭ މުޙައްމަދު ރަޝީދު އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓްގެ ނަންބަރު 9631696 ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި މަޢުލޫމާތު ދެއްވުން އެދެމެވެ،" ފުލުހުންގެ އިއުލާންގައި ވެއެވެ.

އޭނާއާ ބެހޭ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރާ ފަރާތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ދޭނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.