ޅ. ކުރެންދޫ ބަނދަރު ހެދުމުގެ މަޝްރޫއު މޯލްޑްވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓް (އެމްޓީސީސީ)އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ހައުސިން މިނިސްޓްރީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ސަރުކާރުގެ ފަރާތުން ހަދާ އެ ބަނދަރު މަޝްރޫއަށް ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ވަރު ހަރަދުވާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ދިގު މިނުގައި 700 ފޫޓުގެ ބަނދަރެއް ހަދާ އިރު 582 މީޓަރުގެ ބޮޑު ހިލައިގެ ތޮއްޓެއް ޖަހާނެ އެވެ. އަދި އެ މަޝްރޫއުގެ ތެރެއިން 309 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖަހާއިރު 207 މީޓަރުގެ ކޮންކްރީޓް ތޮއްޓެއް އަލަށް ހަދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ކުރެންދޫ ބަނދަރުގެ ހެދުމުގެ މަޝްރޫއު 365 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށާއި އެ އެއްބަސްވުމުގައި ބުނެ އެވެ.