ނ. ކެނދޫ ކުއުންސިލް ބައި އިލެކްޝަން އަންނަ މެއި މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ކެނދިކުޅުދޫ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

ކެނދިކުޅުދޫ ކައުންސިލް ގޮނޑިއެއް ހުސްވެފައި ވަނީ އެ ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހަސަން ޒައީމު ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވެފައި ވަނީ އޭނާ ކައުންސިލަރުކަމުން އިސްތިއުފާ ދެއްވީ އާއިލާގެ ކަންކަން ހުރި ގޮތުންނާއި ފުލްޓައިމް ކޯހެއްގައި ކިޔަވަން ބޭނުން ވެގެން މާލެ އަށް ދިރިއުޅުން ބަދަލުކުރަން ޖެހިވަޑައިގަތުމުން ކަމަށެވެ.

މިހާރު ކެނދިކުޅުދޫ އެ ކައުންސިލްގައި ތިއްބެވީ އެމްޑީއޭގެ ތިން މެންބަރުންނާއި އެމްޑީޕީ އަށް ނިސްބަތްވެވަޑައިގެންނަވާ އެއް މެންބަރެކެވެ.

މީގެ އިތުރުން އއ. ބޮޑުފޮޅުދޫ ރަށު ކައުންސިލް ބައި އިލެކްޝަން މި މަހުގެ 30ގައި އޮންނާނެ އެވެ.