20 Mar 2013, 22:11
ސަން އޮންލައިނުން ރާއްޖޭގައި އަލަށް ރޯލްއޯވަރ އިޝްތިހާރުގެ ޚިދުމަތް މިރޭ ތަޢާރަފު ކޮށްފި އެވެ. ސަން އޮންލައިނުން މިރޭ މި ޚިދުމަތް ތަޢާރަފު ކުރި އިރު ރޯލްއޯވަރ އިޝްތިހާރު ސްލޮޓު ލާފައި ވަނީ ވެބްސައިޓުގެ ފުރަތަމަ ސަފުހާ އަށާއި ޚަބަރު ސޮފުހާ އަށެވެ.
ސަން އޮންލައިންގެ ކްރިއޭޓިވް ޑައިރެކްޓަރު މުހައްމަދު އަފްޒަލް (އަޕޯ) ވިދާޅުވީ ރޯލް އޯވަރ އިޝްތިހާރު ސްލޮޓު ތަކަށް ލިބޭ ސަމާލުކަން އިތުރު ވެގެން ދާނެ ކަމަށެވެ.
"ރޯލްއޯވަރ އެޑްސް ތަކަށް ލިބޭ އެކްސްޕޯޝަރ ވަރަށް ބޮޑު ވާނެ. އަނެއްކާ އަޅުގަނޑުމެން މި ސްލޮޓުތައް މި ދޫކޮށްލަނީ ސައިޓުގެ ވަރަށް ޕްރައިމް ލޮކޭޝަން ތަކުން،" އަޕޯ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މި އިޝްތިހާރު ތައް ހުޅުވޭނީ ސައިޓް ލޯޑު ވުމުން ކުއްލި އަކަށް ކަމަށާއި އަދި އަމިއްލަ އަށް އިޝްތިހާރު ލެއްޕިގެން ދާނެ ކަމަށެވެ.
ރޯލްއޯވަރ އިޝްތިހާރުތައް ދުނިޔޭގެ ވަރަށް މަގުބޫލު ބޮޑެތި ސައިޓު ތަކުން ވެސް ފެނެ އެވެ. މި ފަދަ އިޝްތިހާރު ތަކަކީ ދާއިމީ ގޮތެއްގައި ސައިޓުގައި ފެންނަން ނުހުންނަ އެހެން ނަމަވެސް ވަކި ވަގުތު ތަކެއްގައި ހުޅުވޭ ލެއްޕޭ ގޮތަށް ހުންނަ އިޝްތިހާރު ތަކެކެވެ. ސައިޓުގައި މި އިޝްތިހާރުތައް ތައްޔާރު ކޮށްފައި ހުންނަނީ އަމިއްލަ އަށް ހުޅުވި ލެއްޕޭ ގޮތަށެވެ. އެ އިޝްތިހާރު އަލުން ބަލައިލަން ބޭނުން ސޮފުހާ ރީފްރެޝް ކޮށްލުމުން އަލުން ފެންނާނެ އެވެ.