ހަންގަނޑު ޑްރައި ވުމަކީ އެ ކަމުގެ ސަބަބުން އެންމެނަށް ވެސް ވަރަށް ބޮޑަށް އުނދަގޫ ވާ ކަމެކެވެ. އެއީ މޫނު ނުވަތަ ގައިގެ ހަން ޑްރައި (ހިކިފަ) ހުންނަ ނަމަ އެތަން އެންމެނަށް ވެސް ފެންނާނެތީ އެވެ. ހަންގަނޑު ހުންނާނީ ތޮށި ލާފައެވެ. އެއްވެސް ކަހަލަ ރީތި، އުޖާލާކަމެއް ހަމަކުން ނުފެންނާނެ އެވެ.

ހަންގަނޑު ޑްރައިވާން ދިމާވާ އެކި ސަބަބު ތައް ހުރެ އެވެ. އޭގެ ތެރޭގައި ހަމުގައި ހިމެނޭ އޮއިލް ގްލޭޑްސް އިން ހަންގަނޑު ރަނގަޅަށް މޮއިސްޗަރައިޒް ނުކޮށްދޭތީ ހަންގަނޑު ޑީހައިޑްރޭޓް ވުން ހިމެނެއެވެ. މޫސުމުގެ ސަބަބުން ވެސް ހަން ޑްރައިވާން ދިމާވެ އެވެ. ބައެއް މީހުންގެ ހަން ފިނި މޫސުމުގައި ބޮޑަށް ޑްރައިވެ އެވެ. އަދި ބައެއް މީހުންގެ ހަން ހޫނު ގަދަ ވެގެން ވެސް ޑްރައިވެ އެވެ.

ކާ އެއްޗެހީގެ ސަބަބުން ހަށިގަނޑުގެ އެތެރޭގެ ވަރަށް ގިނަ ކަންތައްތަކަށް އެކި ކަހަލަ ބަދަލު އާދެއެވެ. އެގޮތުން ވިޓަމިންސް ހިމެނޭ ކާނާ މަދުން ކެވި މަދުން ފެން ބޮވޭ ކަމަށް ވާ ނަމަ ހަން ޑްރައިވާނެ އެވެ. އަދި މީގެ އިތުރުން ބޭނުން ކުރެވޭ މޭކަޕް ޕްރޮޑަކްޓްސް ނުވަތަ ރީތި ވުމަށް ބޭނުން ކުރެވޭ ޕްރޮޑަކްޓްސް ގެ ސަބަބުން ވެސް ހަން ޑްރައިވާން ދިމާއެވެ.

ހަންގަނޑު މޮއިސްޗަރައިޒްކޮށް ރީތިކޮށް ބަހައްޓަން އެންމެން ވެސް ބޭނުން ވެއެވެ. އަދި ހަން ޑްރައިވާން ދިމާވާ ސަބަބުތައް އެނގުމުން ހައްލު ހޯދަން ފަސޭހަ ވާނެއެވެ. މި އާޓިކަލް ގައި ބަލައިލާނީ މިކަންތައްތަކަށެވެ.

1. ފުރަތަމަ ކަމަކަށް، އިޚުތިޔާރު ކުރާ ފެނަށް ވިސްނައިލައްވާށެވެ. މިގޮތުން އާދައިގެ ފެނުން މޫނު ދޮވުމުގެ ބަދަލުގައި މިނެރަލް ފެން ބޭނުން ކުރައްވާށެވެ. އަދި އާދަޔާ ހިލާފަށް ހަން ޑްރައި ކަމަށްވާ ނަމަ ކޮންމެ ދުވަހަކު ފެންވެރުމުގެ ބަދަލުގައި ދެދުވަހުން އެއްދުވަހު ފިނި ފެނުން ފެންވަރާށެވެ.

2. އަބަދުވެސް ރަނގަޅު މޮއިސްޗަރައިޒިން ލޯޝަނެއް ބޭނުން ކުރާށެވެ. އަދި ބޭރަށް ދާއިރު ދަބަހަށް ލައިގެން ވެސް މޮއިސްޗަރައިޒަރ އެއް ގެންގުޅުއްވާށެވެ. ހަން ޑްރައިވާހެން ހީވާން ފެށުމުން ލޯޝަން ހާކަން އާދަކުރައްވާށެވެ.

3. ޑްރައި ހަމެއް ހުންނަ ނަމަ، ރީތިވާން ބޭނުން ކުރާ ޕްރޮޑަކްޓްސް އިހްތިޔާރު ކުރުމުގައި އޭގައި ގުދުރަތީ މާއްދާ އެކުލެވޭތޯ ބަލަން ޖެހެއެވެ. ހައިޕޯއެލަރޖެނިކް ޕްރޮޑަކްޓްސް ތޯ ބަލަން ޖެހެއެވެ. އަދި މީގެ ޕްރޮޑަކްޓްސް ތެޔޮހަމުގައި ވެސް އަދި ބިހި ނަގާފައި ހުންނަ މޫނަށް ބޭނުންކުރުން ބޮޑަށް ރަނގަޅެވެ.

4. ގިނައިން ތަރުކާރީ އާއި މޭވާ ކާށެވެ. އަދި ފައިބަރ ހިމެނޭ ކާނާ އާއި ގިނައިން ފެން ބޯށެވެ. ހަންގަނޑު ޒުވާންކޮށް އުޖާލާކޮށް ބެހެއްޓުމަށް ކެއުމަށް ވަރަށް ބޮޑަށް ބަލަން ޖެހެއެވެ. އަދި ވިޓަމިން އޭ ހިމެނޭ މޭވާ ގިނައިން ކާށެވެ.

5. ރެސްޓް ކުރައްވާށެވެ. ރޭގަނޑު އެހާ ދަންވަންދެން ހޭލަ ނުހުންނާށެވެ. ރަނގަޅަށް ނިދުމަކީ ހަމަށް ލިބޭ ވަރަށް ބޮޑު ފަރުވާ އެކެވެ. އެއީ ނިދާފައި އޮންނަ ގަޑީގައި ހަމުގެ ހަލާކުވެފައި ހުންނަ ސެލްތައް ތާޒާވެ މަރުވެފައި ހުންނަ ސެލްތައް އަލުން ދިރޭތީ އެވެ.

6. ކޮންމެ ދުވަހަކު ވެސް ކަސްރަތެއް ކުރައްވާށެވެ. އޭރުން ހަށިގަނޑުގެ ބައްޓަން ރީތިކޮށްދިނުމުގެ އިތުރުން ހަންގަނޑު ވެސް ރީތިކޮށްދޭނެ އެވެ. ކަސްރަތުގެ ސަބަބުން ހަށިގަނޑުގެ ލޭ ދައުރުވުން ރަނގަޅު ކޮށްދެ އެވެ.

7. ހާބަލް ސައި ބުއިމަށް އާދަ ކުރައްވާށެވެ. އެއީ ހަން އުޖާލާ ކޮށްދޭ ބުއިމެކެވެ.

8. އެވަކާޑޯ މާސްކަކީ ޑްރައި ހަމަށް ވަރަށް ފައިދާ ކުރާ މާސްކް އެކެވެ. އެންމެ ބޭސިކް އެވަކާޑޯ މާސްކެއް ހަދަން ބޭނުން ނަމަ ދޮންވެފައި އޮތް އެވަކާޑޯއެއް ފަޅައިގެން އެތެރޭގައި އޮންނަ އޮށް ނަގާށެވެ. އަދި އެވަކާޑޯގެ ތޮށި މަށާފައި ރަނގަޅަށް ޗަސް ކޮށްލައްވާށެވެ. ދެން މޫނުގައި ހާކާފައި 30 މިނިޓް ފަހުން އައިސް ފެނުން ދޮންނާށެވެ.

ބިއުޓީ ޓިޕްސް:
އަލުވި ކޮށާފައި ލޯމަތީ އަޅާލާށެވެ. އޭގައި ހިމެނޭ ޕްޓޭސިއަމްގެ ސަބަބުން ލޯކައިރި ކަޅުވެފައި ހުންނަ ތަން އަލިކޮށްދެއެވެ.

އިސްތަށިގަނޑަށް އެންމެ ފައިދާހުރި ކޮންޑިޝަނަރ އެއްގެ ގޮތުގައި އެއްޗެހި ދޮންނަން ބޭނުން ކުރާ ސޮފްޓްނާރ އިހްތިޔާރު ކުރާށެވެ. ސޮފްޓްނަރ އަކީ ވަރަށް ބާރުގަދަ އަދި އިސްތަށިގަނޑު އެތެރެއަށް ފަސޭހައިން ވަންނާނެ އެއްޗެކެވެ. މިގޮތުން އެއް ޖޯޑު ފެނަށް ބައި ޖޯޑު ސޮފްޓްނާ އެޅުމަށް ފަހު އިސްތަށިގަނޑުގައި ކޮންޑިޝަނަރ އެއްގެ ގޮތުގައި ބޭނުން ކުރާށެވެ.

އަމިއްލަ އަށް ލިޕް ގްލޮސް އެއް ހަދާލަން ބޭނުން ނަމަ، ބޭނުންވާ ކުލައެއްގެ ލިޕްސްޓިކެއް ވެސްލިން އާއި އެކު ބޭނުން ކުރާށެވެ.

ރަތް ނުވަތަ އޮރެންޖެ ކުލަ ތުންފަތުގެ މެދުގައި ހޭކުމުން ތުންފަތް ބޮޑު ކަމަށް ފާޅުވާނެ އެވެ.

ހަން ތެޔޮކޮށް މޮއިސްޗަރައިޒް ކޮށް ހުރުމުން ސެންޓު ވަސް ބޮޑަށް ހަމުގައި ހިފާނެއެވެ. އެހެންވެ ސެންޓު ޖެހުމުގެ ކުރިން ވެސްލިން ނުވަތަ ބޮޑީ ބަޓަރ އެއް ބޭނުން ކުރައްވާށެވެ. އޭރުން ގިނައިރު ވަންދެން ސެންޓުގެ ވަސް ހަށިގަނޑުން ދުވާނެ އެވެ.