އުތީމަށް އަރަން ކަނޑިންމަ މައްޗަށް ފުންމާލި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ހއ. ދޮނަކުޅި ރިސޯޓުން ހަނިމާދު އަށް ދަތުރު ކުރި ލޯންޗުގައި، އުތީމަށް އައި، އުތީމު ޑިމްލައިޓް ދާއޫދު މުހަންމަދު 48، ރޭ 12 ޖަހާކަންހާއިރު ކަނޑިންމަ މައްޗަށް ފުންމާލީ އެ ރަށަށް ފޭބުމަށް ކަމަށެވެ. ނަމަވެސް އޭނާ މިއަދު ހެނދުނު ފެނުނީ ކަނޑިންމަ  މަތީގައި މަރުވެފައި ވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.


ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި ރަށާ ކައިރި ނުކޮށް އޭނާ ކަނޑިންމަ މައްޗަށް ފުންމާލީ ކީއްވެގެންކަން އަދި ނޭނގޭ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ލޯންޗު ހަނިމާދު އަށް ދަތުރުކުރި މަގުމަތީގައި އަވަސް ކުރުމުގެ ގޮތުން ކަނޑިންމަ މައްޗަށް އޭނާ ފުންމާލުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.


 


(އިތުރު ތަފުސީލް އަންނަނީ)