ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް)ގެ ފިހާރައިގެ ވެހިކަލަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 15 ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ ދަފްތަރު 2523 މުހައްމަދު މާއިފް، 41، ކަމަށާއި އޭނާ ހައްޔަރުކޮށްފައި އައިޖީއެމްއެޗް ހޮސްޕިޓަލް ކައިރީ ހުއްޓާ ކަމަށެވެ.

އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ރޭޑްވޭވްގެ ވޭނަށް ގެއްލުން މީހުން ހޯދުމަށް ފުލުހުން އާންމުރި ވީޑިއޯ އިން ފެންނަ މީހުންގެ ތެރެއިން މާއިފްގެ އިތުރުން މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ކ. ކާށިދޫ ދިލާސާގޭ އަޙުމަދު ޝާނީޒް، 25، އެވެ.

ހުޅުމަލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމުން މާލޭގައި ކުރި މުޒާހަރާގައި ރެޑްވޭވްގެ ފިހާރައިގެ ވޭން ހުއްޓުވައި އޭގައި އިން ޑްރައިވަރަށް ބިރުދައްކައި އޭނާ އެ ވެހިކަލުން ނެރުމަށް ފަހު ވޭން ފުރޮޅާލައި، އެ ވެހިކަލަށް ބޮޑެތި ގެންލުންތަކެއް ދީފައިވެ އެވެ. އެގޮތުން ވޭނުގެ ބިއްލޫރިގަނޑު ތަޅާލައި އޭގައި ހުރި މުދާތައް ބިންމައްޗަށް އަޅާލައި، މުޒާހަރާގެ ބައިވެރިންނަށް ބަހައި ހަދާފައިވެ އެވެ.