18 Mar 2013, 16:10
އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮއްވައި ފިލައިގެން އުޅުނު 15 އަހަރުގެ އަންހެން ކުއްޖާ ހޯދައިފި އެވެ.
ފުލުހުން ބުނީ ސ.ހުޅުދޫ މަދަރުސާދޮށުގެ، ޝަބާ އަލީ ރަޝީދު ފެނުނީ މިއަދު 3:23 ހާއިރު އާންމު ފަރާތަކުން ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލް ދޮރުމަތިން ޓެކްސީއަކުން ފޭބި ވަގުތު ކަމަށެވެ. އަދި އަންހެން ކުއްޖާ މިވަގުތު ހުރީ ފުލުހުންގެ ފެމެލީއެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓްގެ ބެލުމުގެ ދަށުގައި ކަމަށެވެ.
މި މަހުގެ 16 ވަނަދުވަހުގެ ރޭ ޝަބާ ފިލާފައިވަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ވަނިކޮށެވެ. ނަމަވެސް އޭނާ އެޑްމިޓްކުރީ ކީއްވެގެން ކަމެއް ހޮސްޕިޓަލުން ބުނެފައެއް ނުވެ އެވެ.
އަންހެން ކުއްޖާ ފިލައިގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އޭނާގެ އާއިލާއިން ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.