އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮއްވައި ފިލައިގެން އުޅޭ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ފުލުހުން ހޯދަން ފަށައިފި އެވެ.

ފުލުހުން ހޯދަމުން ދަނީ ސ.ހުޅުދޫ މަދަރުސާދޮށުގެ، ޝަބާ ޢަލީ ރަޝީދު 15، އެވެ.

ޝަބާ ޢަލީ ރަޝީދު އެންމެފަހުން ފެނިފައިވަނީ ރޭ 10:53 ހާއިރު އައި.ޖީ.އެމް ހޮސްޕިޓަލު ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު މިރޭ ވިދާޅުވީ އަންހެން ކުއްޖާ ފިލީ އެޑްމިޓްކޮށްފައި އޮއްވައި ކަމަށާއި އަދި އެކަން ފުލުހުންނަށް ރިޕޯޓު ކުރީ އެ ކުއްޖާގެ އާއިލާއިން ކަމަށެވެ.
އަންހެން ކުއްޖާ އެޑްމިޓްކޮށްފައި އޮތީ ކީއްވެގެންތޯ ސުވާލު ކުރުމުން ޒީނަތު ވިދާޅުވީ "ބަލީގެ ތަފްސީލް ދެއްވާނީ ޖެންޑާއިން" ކަމަށެވެ.

ފުލުހުން ބުނީ ޝަބާ ޢަލީ ރަޝީދު އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ފުލުހުން ވަނީ އެދިފަ އެވެ.