ފ. ބިލެތްދޫ ސްކޫލްގެ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދުމުގެ ގޮތުން ވިލު ރީފް ރިސޯޓަށް ޒިޔާރަތްކޮށްފި އެވެ.

ބިލެތްދޫ ސްކޫލްގެ ގްރޭޑް 11 އަދި 12ގައި ކިޔަވާ ދަރިވަރުން ވިލުރީފް ރިސޯޓަށް އިއްޔެ ކުރި ޒިޔާރަތުގައި އެ ރިސޯޓުގެ ހުރިހާ ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ ގޮތުގެ ތަފްސީލު ވަނީ ހޯދައިފަ އެވެ. އަދި ވިލުރީފް ރިސޯޓުގެ މުވައްޒަފުންނަށް ދެމުންގެންދާ ޚިދުމަތުގެ މައުލޫމާތު ވެސް ރިސޯޓުގެ ފަރާތުން ވަނީ ދަރިވަރުންނަށް ދީފަ އެވެ.

އިއްޔެ ހެނދުނު އަށަކުން މެންދުރު ފަހު ތިނަކަށް ކުރިއަށްގެން ދިޔަ އެ ޒިޔާރާތުގައި އެ ކުދިން ބޭނުންވާ ހުރިހާ މައުލޫމާތެއް ފޯރުކޮށްދީފައިވާ ކަމަށް ވިލުރީފް ރިސޯޓުން ބުނެ އެވެ.

އެކުދިންގެ ކެއުމާއި ދަތުރުގެ ކަންތައް ހަމަޖައްސައިދިން އެ ދަތުރުގައި ބިލެތްދޫ ސްކޫލްގެ 26 ދަރިވަރުންނާއި އަށް ޓީޗަރުންގެ އިތުރުން ދެ ބެލެނިވެރިއަކު ބައިވެރިވެފައިވެ އެވެ.