ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުމުގެ ހުއްދަ 10 ބޭފުޅަކަށް ދެއްވައިފި އެވެ.

އެޓާނީ ޖެނެރަލް އޮފީހުން ބުނީ ވަކާލާތު ކުރުމުގެ ހުއްދަ ދީފައި ވަނީ ގއ. ގެމަނަފުށީ އާގޭ އާޔަތުﷲ ހުސައިނާއި ހ. އަކި ފާތިމަތު އަބްދުއްރަޝީދާއި ސ. ހުޅުދޫ ސްނޯޕެލަސް މަޢާޝާ ލުޠުފީ އާއި ގއ.ނިލަންދޫ ބިއްލޫރިޖެހިގޭ އިބްރާހީމް ޒިހުނީ އާއި އދ.މާމިގިލީ ފްރީޕާކް އަލީ ނަދީމާއި ހއ.މާރަންދޫ ލަކީސްޓާ އަޙްމަދު ޝިފާޢު އާއި ހދ.ކުޅުދުއްފުށީ ޕެޝާވަރު ނޫރުއްސަލާމް އަބޫބަކުރާއި ސ.ހިތަދޫ އޯޝަންލީޑް އަޙްމަދު ޙައިލަމާއި ގ.އެރިއަދޫ ޒާއިދު އަޙްމަދުގެ އިތުރުން މ.ނައިންހައުސް ޒުންނަވާރު ސަލީމަށް ކަމަށެވެ.

އެ ބޭފުޅުންނަށް ހުއްދަ ދީފައި ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުންޏެވެ. އެބޭފުޅުންނަށް ޤާނޫނީ ވަކީލުކަމުގެ ހުވާ ލައިދެއްވީ ސިވިލް ކޯޓްގެ ގާޒީ ޢަލީ ރަޝީދު ޙުސައިން ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އެ ދިހަ ބޭފުޅުން ހުވާކުރެއްވުމުން މިހާތަނަށް ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދޫކުރެވިފައިވާ ބޭފުޅުންގެ އަދަދަކީ 617 ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުންޏެވެ.