17 Mar 2013, 13:21
މަޖީދީމަގުގައި ހުންނަ ވީބީ މާޓް ފިހާރައިން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ގދ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލާއި އިތުރު މީހަކު ހައްޔަރު ކޮށްފި އެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި ގދ. ގައްދޫގައި ހުންނަ އެ އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ރ. އިނގުރައިދޫ، މިރުސްމާގޭ އިސްމާއީލް އަލީ އާއި އިތުރު މީހަކު ހައްޔަރު ކޮށްފައި ވަނީ ހުކުރު ދުވަހުގެ ރޭ 9:45 ހާއިރު މަޖީދީމަގުގައި ހުންނަ ވީބީ މާޓް ފިހާރައިން ވައްކަން ކުރި ކަމުގެ ތުހުމަތުގަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ދެ މީހުން އެ ފިހާރަ ތެރެއަށް ވަދެ ބައެއް އެއްޗިހި ކައި އަދި އެ ފިހާރާގައި ހުރި ބައެއް ތަކެތި ނެގުމަށް ފަހު ފައިސާ ނުދީ ދާން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެ ފިހާރަ އިން ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.