17 Mar 2013, 11:46
މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިން ބޭނުން ކުރި މީހަކު ތިން އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ ގ. އޯލްޕެރިސް އަހްމަދު މިހާދުގެ މައްޗަށެވެ.
މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 14 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ފުލުހުން އޭނާ ހައްޔަރު ކުރުމަށް ފަހު ކުޑަކަމުދާ ތަކެތި ތަހުލީލު ކުރި އިރު މަސްތުވާތަކެއްޗަށް އޭނާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މަސްތުވާތަކެއްޗަށް އޭނާ ޕޮޒިޓިވް ވެފައިވާކަން ތަހުލީލު ރިޕޯޓުން އެނގޭ އިރު މަސްތުވުމަށްޓަކައި ހެރޮއިން ބޭނުން ކުރިކަމަށް ބުނެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ އަށް އޭނާ އިއުތިރާފުވެފައިވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
"..... މަސްތުވާތަކެއްޗާ ބެހޭ ގަނޫނުގެ 112 ވަނަ މާއްދާގެ (ހ) ގެ ދަށުން ޑައިމޯފިން (ހެރޮއިން) ބޭނުންކުރުމުގެ ކުށުން އަހްމަދު މިހާދު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި މިކުށުގެ އުގޫބާތެއްގެ ގޮތުން ބުނެވި ދިޔަ ގާނޫނުގެ 112 ވަނަ މާއްދާގެ (ށ) ގެ ދަށުން ގ. އޯލްޕެރިސް އަހްމަދު މިހާދު ތިން އަހަރު ދުވަހުގެ މުއްދަތަތަށް ޖަލަށް ލުމަށް ހުކުމް ކޮށްފީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.