މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމް ކޮށްގެން ބޭއްވި އޯޕަން އެއިޓް ބޯލްސް ޗެންޕިއަންޝިޕްގެ ޗެމްޕިއަންކަން މުހައްމަދު ޝަރީފް ހޯދައިފި އެވެ.

ގަލޮޅުގައި ހުންނަ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ކުލަބް ހައުސްގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ޝަރީފް ޗެމްޕިއަންކަން ހޯދީ އަހްމަދު ރަމްޒީއާ ވާދަކޮށް 8-2 ގެ ނަތީޖާއަކުންނެވެ.

ޖުމްލަ 52 ކުޅުންތެރިން ބައިވެރިވި އެމުބާރާތުން ޗެމްޕިއަންކަން ހޯދި ޝަރީފަށް ތައްޓާއި މެޑަލްއާ އެކު 3000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ލިބިފައެވެ. އަދި މުބާރާތުގެ ރަނަރަޕްކަން ހޯދި ރަމްޒީއަށް ތައްޓާއި މެޑަލްއާ އެކު 1500 ރުފިޔާގެ އިނާމެއް ލިބުނެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިޔާ އަށާއި ރަނަރަޕްކަން ހޯދި ކުޅުންތެރިޔާއަށް ތައްޓާއި މެޑަލްގެ އިތުން ފައިސާގެ އިނާމް ހަވާލު ކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތެވެ.