ގެސްޓްހައުސްއެއްގެ ތެރެއިން ބަނގުރާ ފުޅިތަކަކާ އެކު ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ 11:47ގައި މާލޭގެ ގެސްޓްހައުސްއެއްގެ ތެރެއިން ތިން ފުޅި ބަނގުރަލާ އެކު ހައްޔަރުކޮށްފައި ވަނީ ދިވެހި ހަތް ފިރިހެނުން ކަމަށެވެ. އެ ހަތް މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 24 އަހަރާއި 46 އަހަރާ ދެމެދުގެ މީހުން ކަމަށް ފުލުހުން ބުނެ އެވެ.

ނަމަވެސް އެމީހުންނާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ރޭ ގެސްޓުހައުސްއެއްގެ ތެރެއިން ހަތް މީހަކު ހައްޔަރު ކުރި އިރު، ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރުގެ ކާރަށް ރޭ މީހަކު ރާ ފުޅިއެއް ލާފައިވާ ކަމަށް އޭނާގެ ކެމްޕޭންޓީމުން ވަނީ ބުނެފަ އެވެ.