އިޓަލީގެ އޭސީމިލާންގެ ކުރީގެ ޑަޗް މިޑްފީލްޑަރު ކްލެރަންސް ސީޑޯފް، އޭސީ މިލާންގެ ހެޑްކޯޗަކަށް ވާން ބޭނުވާ ކަމަށް ބުނެފި އެވެ.

ޗައިނާގެ ޒިންހުއާ އަށް ދިން އިންޓަވިއު އެއްގައި ބްރެޒިލްގެ ބޮޓަފޯގޯއަށް މިހާރު ކުޅެމުންދާ އުމުރު 36 އަހަރުގެ ނެދަލޭންޑްސް މިޑްފީލްޑަރު ބުނެފައި ވަނީ އަންނަ އަހަރު އޭނާ ބްރެޒިލް ޓީމާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް އައުމުން އޭނާ ކުޅުން ހުއްޓަލުމަށް ގަސްދު ކުރާ ކަމަށެވެ. އަދި މިލާނުން މިދިޔަ އަހަރު އޭނާ ބްރެޒިލަށް ދިޔަ ނަމަވެސް އޭނާގެ އުއްމީދަކީ އަލްވަދާއު މިލާނަށް އަލްވަދާއު ކިޔުމަށްވުރެ ބޮޑަށް އެ ކުލަބަށް އެނބުރި އައުން ކަމަށް އޭނާ ބުނެފައިވެ އެވެ.

ސީޑޯފް ހާމަ ކުރި ގޮތުގައި އޭނާގެ ފުޓްބޯޅަ ކެރިއަރު ނިންމާލުމަށްފަހު އަބަދުވެސް ދެކެމުން އަންނަ އެއް ހުވަފެނަކީ އޭސީ މިލާނަށް ކޯޗު ކޮށްދިނުމެވެ. އެގޮތުން މިލާންގެ ޒުވާން ފޯވަޑް ސްޓެފަން އެލް ޝާރަވީއާއި މާރިއޯ ބަލެޓޮލީ ފަދަ ކުޅުން ތެރިން ނަށް ކޯޗު ކޮށްދިނުމަކީ އޭނާ މިހާރު އެންމެ ބޮޑަށް އެދޭ ކަންތައް ކަމުގައި އޭބާ ބުންޏެވެ.

"ސްޓެފަން އަކީ ހުނަރުވެރި ކުޅުންތެރިއެއްކަން އޭނާ އެދަނީ ދައްކަމުން. އޭގެ ކޮނޑުގައި ވަރަށް ރަނގަޅު ބޮލެއް އެބަހުރި. އަދި ރަނގަޅު ހުނަރުތަކެއް އޭނާއަށް ލިބިގެންވޭ. އެހެން ކަމުން އޭނާއަށް އެމަގުގައި ސާބިތުކަމާއެކު ކުރިއަށް ދިއުން ބޭނުންވަނީ،" އެލް ޝާރަވީއާ ބެހޭގޮތުން ސީޑޯފް ބުންޏެވެ.

ހަމަ އެއާއެކު ބަލެޓޮލީއާ ބެހޭގޮތުން ސީޑޯފް ބުނީ މާރިއޯ އަކީ ކުރިއަރަމުން އަންނަ ޝަހްސިއްޔަތެއް ކަމަށާއި ބައެއް ހާލަތްތަކުގައި އޭނާ އަހްލާގު ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އެކަމަކު އޭނާއަކީ ޓެކްނިކަލީ ވަރުގަދަ ކުރިއަށް ދެވޭފަދަ މޮޅު ކުޅުތެރިއެއް ކަމަށް އޭނާ ބުންޏެވެ.

އޭސީ މިލާނުގައި ސީޑޯފް ހޭދަކުރި ދުވަސްތަކުގައި އޭނާ ވަނީ އެކުލަބަށް ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމުގައި އެހީތެރި ވުމުގެ އިތުރުން އެކުލަބުގެ ގިނަގުނަ ކާމިޔާބުތަކުގައި ބޮޑު ހިއްސާއެއް އަދާކޮށްފަ އެވެ.