16 Mar 2013, 10:20
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ޑީސަލާއި ޕެޓްރޯލް ވިއްކާއަގު ބޮޑުކޮށްފި އެވެ.
އެ ކުންފުނިން ޑީސަލް ލީޓަރަކުން 26ލ. އަދި ޕެޓްރޯލް ލީޓަރަކުން 38ލ. ބޮޑުކޮށްފައިވާ އިރު ކަރާސީނު ލީޓަރަކުން ވަނީ 4.25ރ. ބޮޑުކޮށްފަ އެވެ. މި ބަދަލާ އެކު މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 16.80ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް 16.49ރ. އަށް ވިއްކާ އިރު ކަރާސީނު ލީޓަރެއް ވިއްކަނީ 15.75ރ. އަށެވެ.
އެސްޓޯއީ އިން ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ތެލުގެ އަގު ހެޔޮކޮށްފަ އެވެ. އެގޮތުން އެފަހަރު ޑީސަލް ލީޓަރަކުން 22ލ. އަދި ޕެޓްރޯލް ލީޓަރަކުން 26ލ. ވަނީ ހެޔޮކޮށްފަ އެވެ.
އެ ކުންފުނިން ބުނީ ތެލުގެ އަގަށް ބަދަލުގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލަށް އައި ބަދަލާ އެކު އެންމެ ފަހުން އެތެރެކުރި ޝިޕްމަންޓްގެ އަގުބޮޑުވެފައިވާތީ ކަމަށެވެ.