16 Mar 2013, 09:55
ބ. ތުޅާދޫ ރައްޔިތުނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރުމަށް ޓަކައި ސަރުކާރުން އަޅައިދިނުމަށް ހަމަޖެހިފައިވާ 300 ހައުސިން ޔުނިޓްގެ ތެރެއިން 100 ހައުސިން ޔުނިޓްގެ ބިންގާއަޅައިފި އެވެ.
ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ އެ ރަށުގައި 100 ހައުސިން ޔުނިޓް އެޅުމަށް ޓަކައި މިދިޔަ ބުރާސްފަތި ދުވަހު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒު ބިންގާއަޅުއްވާފައިވާފައިވާ ކަމަށާއި އަދި ވަރަށް އަވަހަށް އިތުރު 100 ހައުސިން ޔުނިޓްގެ މަސައްކަތް ފައްޓަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.
ރަޝީދު ވިދާޅުވީ އެޕުރޮޖެކްޓަކީ ކިހާ އަދަދެއްގެ ފައިސާގެ ޕްރޮޖެކްޓެއް ކަމެއް ނޭނގޭ ކަމަށާއި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމުމަށް ކަމަށެވެ.
"ބޯހިޔާވަހިކަމުގެ މައްސަލައަކީ ތުޅާދޫއަށް ވަރަށް ބޮޑަށް ދިމާވެފައިވާ މައްސަލައެއްކަމުން، ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ތުޅާދޫގެ ބިން ހިއްކާދޭނެ ކަމަށާއި ތުޅާދޫގައި 10000 މީހުން ދިރިއުޅެވޭވަރުގެ ރަށަކަށް ހަދައިދޭނެކަމަށް. އެ ޕްރޮޖެކްޓުގެ ދަށުން މިރަށުގެ 17 ހެކްޓަރުގެ ބިން ހިއްކައި ބޮޑުހިލަޖަހާމިހެޖެހީ،" ރަޝީދު ވިދާޅުވި އެވެ.