ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޔޫރަޕިއަން ޗެމްޕިއަންސް އިނގިރޭސި ވިލާތުގެ ޗެލްސީއާއި ރަޝިޔާގެ ރޫބިން ކަޒާން ކުޅެން ޖެހިއްޖެ އެވެ.

ސްވިޒަލޭންޑްގެ ނިޔޯންގައި މިއަދު އޮތް ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގެ ގުރުލުމުގައި އިނގިރޭސި ވިލާތުގެ ޓޮޓެންހަން ހޮޓްސްޕާ އަށް ލައްވާލީ ސްވިޒަލޭންޑްގެ އެފްސީ ބާސެލް އެވެ. ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ތުރުކީގެ ފެނަބާޗޭއާ ވާދަކުރަން ޖެހެނީ އިޓަލީގެ ލާޒިއޯ އެވެ.

ޗެލްސީއާއި ޓޮޓެންހަމްއަށް އަމިއްލަ ދަނޑުގައި ފުރަތަމަ ކުރިމަތިލުން ކުޅެން ލިބުނު ކަމުގައި ވީނަމަވެސް އިނގިރޭސި ވިލާތުގެ ނިއުކާސަލް ޔުނައިޓެޑަށް ޖެހެނީ ފުރަތަމަ ލެގުގައި ރަށުންބޭރުގައި ޕޯޗުގީޒުގެ ބެންފިކާއާ ކުޅޭށެވެ. ކުއާޓާ ފައިނަލުގެ މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވާހާއި އެގާރަވަނަ ދުވަހު އެވެ.