12:48


އެ ސަރަހައްދުގައި ހުރި ސަންއެފްއެމް އޮންލައިންގެ ނޫސްވެރިޔާ ބުނީ ޗެކުމާކް ފިހާރައިގެ ދޮރުމަތީގައި ސަތަރިގަނޑެއް ޖަހައި ފިހާރައިގެ މޫނު މަތި ނިވާ ކުރުމުގެ މަސައްކަތް ފަށައިފި ކަމަށެވެ.


 


ސޭލަމް ބިލްޑިންގް ބަލަމުން ދިޔަ އެމްއެންޑީއެފް އޮފިސަލުންނާއި ހައުސިން މިނިސްޓްރީގެ އޮފިޝަލުން ދެންމެ އެ ސަރައްދުގައި ނިއުސް ކޮންފަރެންސެއް ދީފި އެވެ.


އޮފިޝަލުން  ވިދާޅުވީ އިމާރުގެ އަރިއަޅަމުންދަނީ  ޖެހިގެން ހުރި ޖަންބުގޭގެ އިމާރާތް ހެދުމަށް 3.5 މިޓަރުގެ ފުން އަދި އަށް ފޫޓުގެ ވަޅުގަނޑެއް ކޮނެފައިވާތީ ކަމަށާއި މިވަގުތަށް އޮތް ހައްލަކީ އެ ވަޅުގަނޑަށް ފަސްލައި ބައްދާލުން ކަމަށެވެ. އަދި އޮފިޝަލުން ބުނެފައި ވަނީ އިމާރާތް ހަދާ ފަރާތުން ވަޅު ކޮންނަމުންދަނީ ގަވައިދާ ހިލާފަށް ކަމަށެވެ. މީގެ އިތުރުން ސޭލަމް ބިލްޑިންގް އަރި އަޅައިލި ނަމަވެސް ފިޒިކަލީ ގޮތުން އެ އިމާރާތުގައި ދިރިއުޅުމުގައި މާ ބޮޑު މައްސަލައެއް ނެތް ކަމަށެވެ.


 


ސޭލަމް ބިލްޑިންގް ތެރޭގައި އަދިވެސް ބައެއް މީހުން އެބަތިއްބެވެ. އެ އިމާރާތުގެ ތެރޭގައި  ފުލުހުންނާއި އެމްއެންޑީއެފްގެ ސިފައިން ހަރަކާތްތެރިވާއިރު ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުގެ ބޭރުގައި އަދިވެސް ވަރަށް ގިނަ އަދަދެއްގެ މީހުން އެއްވެ އެބަތިއްބެވެ.


 


23:48- ފުލުހުންގެ ދެންމެ ބުނީ އެކްސްޕާޓުން އަދިވެސް އިމާރާތަށް އަން ބަދަލުތައް ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އިމަރާތުގައި ކޮންމެވެސް ވަރަކަށް ރެނދު އެބަހުރި ކަމަށެވެ. އަދި ޖެހިގެން ހަދަމުންދާ އިމާރާތުގެ ބޭނުމަކަށް ކޮންނަމުންދާ ދިއުން މިހާރު ހުއްޓުވާލާފައިވާ ކަމަށެވެ.  ފުލުހުންގެ ފޮރެންސިކް ޓީމުން ސޭލަމް ބިލްޑިންގްގެ ތެރޭގައި ހަރަކާތްތެރިވަމުން އެބަދެ އެވެ. އެ ސަރައްދުގައި ތިބި ބައެއް މީހުން ބުނާ ގޮތުގައި މިހާރު ލޮލަށް އެނގޭވަރަށް ބިލްޑިން ގުރީ އަގޯރާއާ ދިމާއަށް އަރި އަޅާލައިފަ އެވެ.


 


23:35- ސޭލަމް އިމާރާތުގައި ބައެއް އާއިލާތާއް އެ ބިލްޑިންގް ނުކުމެގެން ދާން ފަށައިފި އެވެ. އަދި އެ އިމާރާތުގައި އޮފީސް ހަދައިގެން އުޅޭ ބައެއް މީހުން ވެސް އެ އިމާރާތުން އެއްޗެހި ނެރެފި ކަމަށް ވެއެވެ. އިމާރާތުގައި މިހާރު ތިބީ ވަރަށް މަދުބައެއް. އިމާރާތުގައި މިވަގުތު ދިއްލާފައި ވަނީ ވަރަށް މަދު ބޮކިތަކެއް. ފުލުހުން ސަރަހައްދު ބަންދުކޮށްފައިވީނަމަވެސް އަދިވެސް އެ ސަރަހަށްދަށް  ޖަމާވާ މީހުން ދަނީ ހައްތާ ގިނަވަމުންނެވެ.


 


23:27- މީގެ ކުޑައިކޮޅެއް ކުރި ފިހާރައިގެ ދޮރު އުނދަގުލުން ހުޅުވުނު ނަމަވެސް މިހާރު ނުހުޅުވޭ ކަމަށް ވެއެވެ.


 


23:24-  ބޭރުން ފެށިގެން ތަޅުން މަތިން ފިހާރައިގެ ތެރެއަށް ލާފައި ހުރި ރެނދު ފިހާރައިގެ މެދަށް އެބަހުރި ކަމަށް ފިހާރައިގެ ތެރޭގައި ހުރި ސަންގެ ފޮޓޯގްރާފަރު ދެންމެ ބުނެފި އެވެ. އަދިވެސް ސޭލަމް އިމާރާތުން މީހުން ހުސް ކުރި ކަމުގެ މައުލޫމާތެއް ނުލިބެ އެވެ. ފިހާރަ ހުރީ ބަންދުކޮށްފަ އެވެ.


 


23:18- އިމާތުގައި ހިމެނޭ ޗެކްމާކް ފިހާރައިގެ ދޮރުމަތިން ތަޅުންގަނޑު ކަނޑައިގެން ގޮސް ފިހާރައިގެ ތެރެއަށް ބޮޑު ރެނދެއްލައިފައި ހުރި ކަމަށް މިހާރު މައުލޫމާތު އެބަލިބެ އެވެ. ކޮންނަމުންދާ އިމާރާތުގެ މަސައްކަތުގައި އަޑިން ފެންގަނޑު ދަމައިގަތުމުން ސޭލަމް އިމާރާތުގެ ފައުންޑޭޝަނަށް ގެއްލު ލިބުނީ ކަމަށް ނުވަތަ ބިންދައިގެން ދިޔައީ ކަމަށް ބައެއް މީހުން ބުނާ ކަމަށް އެ ސަރަހައްދުގައު ހުރި ސަންއެފްއެމް އޮންލައިންގެ ނޫސްވެރިޔާ ބުންޏެވެ.


 


23:11- ފުލުހުން ބުނީ ޗެކްމާ މާކު ފިހާރައިގެ ދޮރުގެ ދޮރުލެއްޕުމުގައި މައްސަލަތަކެއް ދިމާވެ ބިއްލޫރިގަނޑެއް ތަޅައިގެން ގޮސްފައިވާތީއާއި އިމާރާތާ ޖެހިގެން 10 ބުރީގެ އެހެން އިމާރާތެއް ހެދުމުގެ މަސައްކަތް ކުރާތީ ސޭލަމް އިމާރާތް އަރި އަޅައިލި ކަމަށް ރިޕޯޓު ކުރުމުން އެކަން  ކަމާ ބެހޭ އެކްސްޕާޓުން މިހާރު ބަލަމުންދާ ކަމަށެވެ. ސޭލާމް ޖެހިގެން އެހެން އިމާރާތެއް ހެދުމަށް މިހާރު ވެސް އޮތީ ކޮންނަން ފަށައިފައެވެ. މިވަގުތު އިމާރާތުގެ ތެރޭގައި ތިބި މީހުންނާއި އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ވެސް ތިބީ ވާނުވާ ނޭނގި ހާސް ކަމެއްގެ ތެރޭގަ އެވެ


 


22:58- ރެންދުލާފައި އަރި އަޅާލާފައިވާ ކަމަށް ބުނާ އިމާރާތް ހުރި ސަރަހައްދު ފުލުހުން ބަންދުކޮށްފައިވާއިރު އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަމުން އެބަދެ އެވެ.


 


22:50- މަޖީދީ މަގުގެ ޗެކް މާކް ފިހާރަ ހުންނަ މއ. ސޭލަމް ގޭގެ ހަބުރީގެ އިމާރާތުގެ ރެނދުލައި އަރި އަޅައިލައިފި އެވެ. ބިލްޑިންގުގައި ރެނދުލައި އަރި އަޅާލައިފި އެވެ،