14 Mar 2013, 18:56
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު، (ފޮޓޯ) ހއ. އުތީމަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެ ދަތުރުފުޅުގައި، އެ ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ރަސްމީ ގޮތުން ފައްޓަވައިދެއްވުން އޮންނާނީ މާދަމާ ހަވީރު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.