14 Mar 2013, 18:38
އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއަޕޯޓް ހިންގައި ތަރައްގީ ކުރުމަށްޓަކައި މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ލިމިޓެޑްގެ ނަމުގައި، ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ، ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ސަރުކާރު ކުންފުންޏެއް، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިއަދު އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ ކުންފުނި އުފައްދާފައި ވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ގެ 95 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.
އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ މެންބަރުން ހަމަޖައްސަވައި، އެކަން ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.