ބަންޑާރަ ނައިބުގެ އޮފީހުގެ ސޮލިސިޓާ ޖެނަރަލް އިބްރާހިމް ރިއްފަތު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި، ބަންޑާރަ ނައިބުގެ އޮފީހަށް ސޮލިސިޓާ ޖެނަރަލްގެ މަގާމަށް ރިއްފަތު އައްޔަން ކުރެއްވީ މާޗް 27، 2011ގަ އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.

އިސްތިއުފާ ދެއްވި ސަބަބާ ގުޅިގެން ރިއްފަތު "ސަން"އަށް މިއަދު ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާދެއްވީ އަމިއްލަ މަސައްކަތްޕުޅުތަކަށް އިސްކަންދިނުމުގެ ބޭނުމުގައި ކަމަށެވެ. އިތުރު އެއްޗެއް ވިދާޅެއްނުވެ އެވެ.

އޭނާ އެ މަގާމުން އިސްތިއުފާ ދެއްވި އިރު މިދިޔަ އަހަރުގެ މާޗް 25 ގައި ވަނީ ޑެޕިޔުޓީ އެޓަނީ ޖެނެރަލްގެ މަގާމަށް ގަލޮޅު ސައިމާ، އައިސަތު ބިސާމް އައްޔަންކޮށްފަ އެވެ.

ޑެޕިއުޓީ ސޮލިސިޓާ ޖެނަރަލްގެ މަގާމުގައި ބަންޑާރަ ނައިބު އޮފީހުގައި މިހާރު ތިއްބަ ވަނީ ބ. އޭދަފުށީ ހިޔަލީގޭ، ފާތުމަތު ހަލީމާ އާއި ވިލިމާލޭ ވަސްމީރު، ފިޔަ، އަހުމަދު އުޝާމެވެ.