14 Mar 2013, 09:56
ބެއިޖިންގް (މާޗް 5): ޗައިނާގެ އައު ރައީސަކަށް ޝީ ޖިންގްޕިންގް ހަމަޖައްސައިފިކަން އެގައުމުން ކަށަވަރުކޮށްދީފި އެވެ. ޝީ ޖިންގްޕިންގް ޗައިނާގެ ރައީސަކަށް ހަމަޖެއްސީ އެގައުމުގެ ޕާލަމެންޓް (ނެޝަނަލް ޕީޕަލްސް ކޮންގްރެސް)ގެ 12 ސެޝަންގައި ބޭއްވި ޚާއްސަ ޖަލްސާއެއްގަ އެވެ.
މިޖަލްސާގައި ޗައިނާގެ އައު ރައީސަކަށް ޝީ ޖިންގްޕިންގް ހޮވީ ޕާލަމެންޓްގައި ހިމެނޭ 3000 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ޒަޢީމަކަށް މިދިޔަ އަހަރު ޝީ ޖިންގްޕިންގް ވަނީ ހަމަޖައްސާފަ އެވެ. އުމުރުން 59 އަހަރުގެ ޝީ ޖިންގްޕިންގްއަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އިސްމަޤާމްތަކުގައި ވަރަށް ދިގު މުއްދަތަކަށް ޚިދްމަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޓީއާ ގުޅިވަޑައިގެންފައި ވަނީ 2007 ގަ އެވެ.
ދެ ހަފްތާވަންދެން ކުރިޔަށްދާ ޕާލަމެންޓް (ނެޝަނަލް ޕީޕަލްސް ކޮންގްރެސް)ގެ 12 ސެޝަންގައި ޗައިނާގެ ވެރިކަމުގެ ނިޒާމާއި މުޖްތަމަޢުގައި ހިމެނޭ ހުރިހާ ފަންތިތަކަކާއި ގިންތިތަކެއްގެ ފަރާތުން މަންދޫބުން ބައިވެރިވި އެވެ. މިހާރު ވަނީ މިސެޝަން ނިމުމަކަށް އައިސްފައި ކަމަށް ޚަބަރު ލިބެ އެވެ. މިސެޝަންގައި ޗައިނާގެ ބޮޑުވަޒީރަކަށް ވެސް ވިންޖިޔާބާއޮގެ ބަދަލުގައި ލީ ކިޝިޔާންގްމިދިޔަ ހުކުރު ދުވަހު ވަނީ ހަމަޖައްސާފަ އެވެ. (ނޫސްއެޖެންސީތައް)