13 Mar 2013, 20:41
ހުޅުމާލޭ ކޯޓްގެ ޝަރީއަތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމުން މި މަހުގެ ފަސް ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގެ ތެރޭގައި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ފިހާރައިގެ ވޭނެއް ހުއްޓުވައި، އެ ވެހިކަލަށް ބަޔަކު ގެއްލުން ދޭ ވީޑިއޯއެއްފުލުހުންއާންމުކޮށްފި އެވެ.
http://www.youtube.com/watch?&v=YjMSFOZ-08g
ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ މި މަހުގެ ހަ ވަނަ ދުވަހު މަޖީދީމަގާއި އަލިކިލޭގެފާނު މަގު ގުޅުނު ހަތަރު އަގޮޅި ކަންމަތިން ވޭނެއް ހުއްޓުވައި، އެ ވޭނަށް ބަޔަކު ގެންލުންދޭތަނެވެ. އެގޮތުން ވޭން ހުއްޓުވަން މަސައްކަތް ކުރި ފަސް މީހަކު ފާހަކު ފާހަގަކޮށްފައިވެ އެވެ.
މި މަހުގެ ފަސް ވަނަ ދުވަހު އެމްޑީޕީން ކުރި މުޒާހަރާގެ ތެރޭގައި ރެޑްވޭވް ސަލީމްގެ ފިހާރައިގެ ވޭން ހުއްޓުވައި އޭގައި އިން ޑްރައިވަރަށް ބިރުދައްކައި އޭނާ އެ ވެހިކަލުން ނެރުމަށްފަހު ވޭން ފުރޮޅާލައި، އެ ވެހިކަލަށް ބޮޑެތި ގެންލުންތަކެއް ދީފައިވެ އެވެ. އެގޮތުން ވޭނުގެ ބިއްލޫރިގަނޑު ތަޅާލައި އޭގައި ހުރި މުދާތައް ބިންމައްޗަށް އަޅާލައި، މުޒާހަރާގެ ބައިވެރިންނަށް ބަހައި ހަދާފައިވެ އެވެ.
ނަމަވެސް ފުލުހުން މިއަދު އާންމު ކުރި ވީޑިއޯއިން އެ ވޭން ފުރޮޅާލާތަނެއް ނުފެނެ އެވެ. އަދި އެ ވޭނުގެ ބިއްލޫރިގަނޑު ތަޅާލައި ވޭނުގައި ހުރި މުދާތައް ބަޔަކަށް ބަހާ ހަދާތަނެއް ވެސް ނުފެނެ އެވެ. އަދި އެ މައްސަލާގައި ހޯދަން އިއުލާންކޮށްފައިވާ މީހުން އެ ވޭން ފުރޮޅާލައި އޭގައި ހުރި މުދާތައް ބަޔަކަށް ބަހާ ހަދާތަނެއް ވީޑިއޯއަކުން ނުދައްކަ އެވެ.
ވީޑިއޯއިން ފެންނަނީ ވޭން ހުއްޓުވުމަށް މަސައްކަތް ކުރާ ދެ މީހަކާއި ވެހިކަލުގެ ޑްރައިވަރަށް ބިރުދެއްކުމުގެ ގޮތުން ބިއްލޫރިގަނޑުގައި ތަޅާ ދެ މީހަކާއި ގެއްލުންދިނުމަށް މަސައްކަތް ކުރާ އެކެކެވެ. ވީޑިއޯއިން ފެންނަ ފަސް މީހުންނާ ބެހޭ މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ވީއެންމެ އަވަހަކަށް އަންގައި ދިނުމަށްފުލުހުންބުންޏެވެ.