13 Mar 2013, 16:18
ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް އިން މޯބައިލް ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ދިނުމަށްޓަކައި ވިއްކަމުން ގެންދިޔަ "ޑަބްލިޔޫ މޯޑެމް" އެއް 499ރ. އަށް ވިއްކާ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފި އެވެ.
ރާއްޖޭގައި މުވާސަލާތީ ހިދްމަތްދޭ ވަތަނިއްޔާއިން ބުނެފައިވަނީ އެކުންފުނީގެ ޑަބްލިޔު މޮޑެމް މިއަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ވަތައްނިއްޔާގެ އެކްސްޕީރިއެންސް ސެންޓަރުތަކާއި ބިޒްނަސް ޕާޓްނަރު ފިހާރަތަކުން ލިބެން ހުންނާނޭ ކަމަށެވެ.
ވަތަނިއްޔާ ޑަބްލިޔު މޮޑެމް އެއް ކުރިން 799ރ. އަށް ވިއްކުމަށްފަހު، ހުސްވި ނޮވެމްބަރު މަހުގައި ވަނީ 599ރ އަށް އަގުހެޔޮ ކޮށްފަ އެވެ. އަދި މިހާރު އަލަށް ފަށާފައިވާ ޕްރޮމޯޝަންގައި 499ރ. އަށް މޮޑެމްއެއް ވިއްކަމުންގެންދާ އިރު އެކުންފުނިން ވަނީ ހިދަމަތުގެ ފެންވަރު ރަނގަޅު ކުރުމާއި ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި އިންޓަނެޓް ބޭނުން ކުރެވޭނޭގޮތް ތަނަވަސް ކޮށްދިނުމުގެ ގޮތުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވަތަނިއްޔާ ޑަބްލިޔުނެޓްގެ އަގުހެޔޮ އާ ޕެކޭޖް ތަކެއް ތައާރަފް ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 500 އެމްބީ، 2ޖީބީ، 4ޖީބީ، 7ޖީބީ އަދި 12ޖީބީގެ ޕެކޭޖް ތަކެކެވެ.