ސްކޫލް ޗުއްޓީއާ ދިމާކޮށް ކުދިން ހިތާނު ކުރަން ބޭނުންވާ ފަރާތްތަކަށް 1000ރ. ގެ ޕެކެޖެއް އައިޖީއެމްއެޗުން ވިއްކާ ގޮތަށް މާލޭ ހެލްތު ސާވިސް ކޯޕަރޭޝަނުން ހަމަޖައްސައިފި އެވެ.


އެ ކޯޕަރޭޝަނުން ބުނީ މި ޕެކެޖަކީ ސުކޫލް ބަންދުގައި ކުދިން ހިތާނު ކުރަން ބޭނުންވާ ފަރާތްތަކަށް ލުއިކޮށް ދިނުމަށް ފަށާ "ސާކަމްސިޝަން ޕެކޭޖެ"އް ކަމަށާއި މި ޕެކެޖް ގަތުމަށް ބޭނުން ފަރާތްތަކުން  މިމަހުގެ 24 ވަނަ ދުހުން ފެށިގެން ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.


ހެލްތު ކޯޕަރޭޝަނުން ހަމަޖައްސާފައި ވަނީ ކުރިން ދާ ފަރާތްތަކަށް ކުރިން ހިދުމަތްދޭ އުސޫލުން 400 ކުދިން ހަމަވަންދެން ނަންނޯޓު ކުރާށެވެ.


ޕެކެޖްގައި ބައިވެރިވުމަށް ނަންނޯޓު ކުރުން ޑިސެމްބަރު 15 އާ ހަމައަށް އޮންނާނެ އެވެ.