12 Mar 2013, 17:02
އިންޑިއާ އެކު ގުޅުން ބަދަހިކުރުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެއްވި އެއްބާރުލުމަށް މުލޭ ޝުކުރު އަދާކުރައްވައި، ރައީސް މައުމޫންގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފި އެވެ.
ރައީސް މައުމޫންގެ އޮފީހުގައި މިއަދު މެންދުރު ފަހު އޮތް ބައްދަލުވުމުގައި މުލޭ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ސަފީރު ކަމުގައި ރާއްޖޭގައި ހޭދަކުރެއްވި ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ދެ ގައުމުގެ ގުޅުން ބަހަދި ކުރެއްވުމަށް އޭނާ ކުރެއްވެވި މަސައްކަތުގައި ރައީސް މައުމުން ފަރާތްޕުޅުން ލިބިވަޑައިގެންނެވީ އެއްބާރުލެެއްވުމާއި އެހީފުލޫތަކުގެ މައްޗަށް ބައްލަވައި ލައްވާ އެކަނިކުފާނަށް ޝުކުރު އަދާކުރެއްވި އެވެ.
ރައީސް މައުމޫން ވާހަކަފުޅުގައި އިންޑިއާ އާއި ދިވެހި ރާއްޖޭގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ގޮތުން ހައިކޮމިޝަނަރު މުލޭ ކުރެއްވި މަސައްކަތްޕުޅުތކުގެ އަގުވަޒަން ކުރައްވާ ކަމަށް ވިދާޅުވެ ކުރިއަށް އޮތް ތާނގައި ވެސް މުލޭއަށް ފާގަތި މުސްތަގުބަލަކަށް އެދިވަޑައިގަތެވެ.