ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމަށާއި މޯލްޑިވްސް ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މިއަދު ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.

ރައީސްގެ އޮފީހުގެ އަންޑާ ސެކްރެޓެރީ ކަމުގެ މަގާމަށް ރައީސް އައްޔަން ކުރެއްވީ، މއ. ފާލްސާގޭ އަލީ ހާޝިމް އެވެ. އަލީ ހާޝިމް މިހާތަނަށް ހުންނެވީ، އެ އޮފީހުގެ ޑެޕިޔުޓީ އަންޑާ ސެކްރެޓަރީގެ މަގާމުގަ އެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް އައްޔަން ކުރެއްވީ، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ގއ. އަތޮޅުގެ މެންބަރުކަން ކުރައްވާފައިވާ ގއ. ވިލިނގިލީ އޭޝް އަދުނާން ހަލީމް އެވެ. މިމަގާމަށް އަދުނާން ހަލީމް އައްޔަނު ކުރެއްވީ މިނިސްޓަރުގެ ނައިބު ފެންވަރުގަ އެވެ.