12 Mar 2013, 14:46
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާ އާ ދެކޮޅަށް އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ހަމަނުޖެހުން ހިންގި މީހަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފި އެވެ.
ފުލުހުން ބުނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަނީ ގދ. ގައްދޫ ގަރާޑާގޭ ޖާވިދު އަބްދުލްކަރީމް 24، ކަމަށެވެ.
އޭނާއާ ބެހޭ މައުލޫމާތު ލިބިފައިވާ ފަރާތެއްވާނަމަ ވީއެންމެ އަވަހަކަށް ފުލުހުންގެ އިދާރާއަށް އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
"ވީމާ މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓްގެ ނަންބަރު 9631696 ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުން އެދެމެވެ،" ފުލުހުންގެ އިއުލާނުގައި ވެއެވެ.
އޭނާގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.