ޑިޖިޓަލް ފޮޓޯ ސްޓޯޑިއޯ ފަޅައިލައި، އެތަނުން ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ އަގު ބޮޑު ސާމާނުތަކެއް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅި ފަރާތުގެ އެހީތެރިކަމާ އެކު އެތަނުން ގެއްލުނު ބައެއް ތަކެތި ވެސް ހޯދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ތުހުމަތަށް ފުލުހުން ހައްޔަރުކޮށްފައިވާ ދެ މީހުން ހޯދުމުގައި ފުލުހުންނަށް ވަނީ އާއްމުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފަ އެވެ. އަދި އެތަނުން ގެއްލުނު ބައެއް ތަކެތި ހޯދާފައި ވަނީ ވެސް އާއްމުންގެ އެހީތެރިކަމާ އެކުގަ އެވެ.

ޑިޒިޓަލް ސޫޓިއޯގެ ދޮރުތައް ހަލާކޮށްލައިގެން ވަދެ އެތަނުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ނިކޯން ބްރޭންޑްގެ ފަސް ކެމެރާ އާއި "މެކްމިނީ" ކޮމްޕިއުޓަރަކާއި އައިޕެޑަކާއި އެތަނުގެ ތިޖޫރީގެ އިތުރުން ސީސީޓީވީ ކެމެރާތައް ރެކޯޑް ކުރާ ސިސްޓަމް ވަނީ ވަގަށް ނަގައިފަ އެވެ.