16 Mar 2010, 10:28
14:30
މީހުންނަށް މަރުގެ އިންޒާރުދީ ބިރުގެންނެވުން އިތުރުވެފައިވާ ކަމަށް ބުނެ އެފަދަ ޢަމަލުތައް ކުރާ މީހުންގެ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބައެއް ބޭފުޅުންނަށާއި އެ ބޭފުޅުންގެ އާއިލާއަށާއި މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މަރުގެ އިންޒާރާއި އަދި އެނޫން ވެސް އިންޒާރު ދިނުން ފަހަކަށް އައިސް ގިނަވެއްޖެކަން އެ ޕާޓީއަށް އެނގިފައިވާ ކަމަށެވެ.
ވަރަށް ސީރިއަސް ގޮތެއްގައި ފުލުހުން އެ ކަންތައްތައްތަކުގެ ތަހްގީގުތައްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި އަދި އެފަދަ އަނިޔާވެރިންނާއި އެމީހުންގެ ނިވާފަތްގަނޑުގައި ފިލާ ތިބެގެން ހިތްވަރުދޭ މީހުން ހޯދުމަށް އެ ޕާޓީން ހަރުއަޑުން ގޮވާލާ ކަމަށް އެމްޑީޕީގެ ނޫސް ބަޔާނުގައި ބުނެ އެވެ. އަދި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދެވިހިފައިފައިވާ މީހުން ކުރާ އެފަދަ އަމަލުތައް އެ ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.