ސުޕެއިންގެ އޯގަނައިޒޭޝަންއެއް ކަމަށްވާ ބިޒުނަސް އިނީޝިއޭޓިވް ޑިރެކްޝަންސް(ބީއައިޑީ) ހިދުމަތްދޭ ކުންފުނިތަކުގެ ތެރެއިން ކޮލެޓީ ހިދުމަތްދޭ ކުންފުނިތަކަށްދޭ ބައިނަލްއަގުވާމީ އެވޯޑެއް އޭޑީކޭ ހޮސްޕިޓަލަށް ލިބިއްޖެ އެވެ.

ސެންޓަރީ އިންޓަނޭޝަނަލް ގޯލްޑް ކޮލެޓީ އީރާ އެވޯޑް ދިނުމަށް ސުވިޒްލޭންޑްގެ، ޖެނީވާގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އޭޑީކޭ ހޮސްޕިޓަލުގެ ފަރާތުން އެއެވޯޑާއި ހަވާލުވެލެއްވީ އޭޑީކޭގެ މެނޭޖިންޑިރެކްޓާ އަހުމަދު އައްފާ އެވެ. ބީއައިޑީގެ ފަރާތުން އެއެވޯޑް ހަވާލުކޮއްދެއްވީ ބީއައިޑީގެ ސީއޯއޯ ޖޯސް ޕުރިއާޓޯ އެވެ.

އޭޑީކޭ އަށް ލިބިފައިވާ އެވޯޑްދީފައި ވަނީ ކޮލެޓީ އާއި ލީޑާޝިޕްގެ އިތުރުން ޓެކުނޮލެޖީ ދާއިރާ އިން އެހޮސްޕިޓަލް ހޯދާފައިވާ ކާމިޔާބީތަކަށް ބަލާފަ އެވެ.

އޭޑީކޭ ހޮސްޕިޓަލަށް ސެންޓަރީ އިންޓަނޭޝަނަލް ގޯލްޑް ކޮލެޓީ އީރާ އެވޯޑް ލިބިފައިވާ އިރު މިފަހަރު ވަނީ އެ އެވޯޑް ދުނިޔޭގެ 65 ގައުމެއްގެ ކުންފުނިތަކަކަށް އެއެވޯޑް ލިބިފައެވެ.