12 Mar 2013, 08:51
ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލެއްވުމުން ރައީސަށް ތަސްދީގު ކުރެއްވުމަށް ލާޒިމުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ދެ ވަނަ ފަހަރަށް ފާސްކުރި، ސިޔާސީ ޕާޓީގެ ބިލާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލު، ރައީސް މިއަދު ތަސްދީގު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް އެ ދެ ބިލް ރައީސް ތަސްދީގު ކުރައްވާނީ މިއަދު 1 ޖަހާއިރު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ދެ ބިލް ރައީސަށް ތަސްދީގު ކުރެއްވުމަށް ލާޒިމުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހު 5 ވަނަ ދުވަހު އެވެ.