މުޒާހަރާއެއްގެ ތެރެއިން ފުލުހަކަށް ހަމަލަދިންކަމުގެ ތުހުމަތުގައި ހޯދަމުންދިޔަ މީހަކު ވިލިމާލޭ ޑިޓޮކްސް ސެންޓަރު ތެރެއިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން އިއްޔެ ފޮޓޯ އާއްމު ކުރި ގދ. ތިނަދޫ ގްރާންސް، މުޙައްމަދު ޖިނާޙް 30، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ އެ މީހާ ހައްޔަރުކޮށްފައިވަނީ މިއަދު މެންދުރުފަހު 1:31 އެހާކަންހާއިރު ވިލިމާލޭގައި ހުންނަ ޑިޓޮކްސް ސެންޓަރު ތެރޭގައި ހުއްޓައި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން އާންމުކުރި ފޮޓޯއިން ފެންނަނީ ފުލުހެއްގެ ކަރުގައި ބައްދައިގަނެ މާރާމާރީ ހިންގާތަނެވެ.