އޮރިޔާން ކާޑް ހިމެނޭ ކޮންޓެންޓް ބުރޯޑްކާސްޓްކުރެވިފައިވަނީ ދިއެފްއެމް ޕްލަސްގެ ހަބަރުގައި ނޫން ކަމަށް މޯލްޑިވުސް މީޑިއާ ކޮމްޕެނީ އިން ހިންގާ ދިއެފްއެމް އިން ބުނެފި އެވެ.

ދިއެފްއެމް ޕްލަސް އިން ބަރަހަނާ މަންޒަރެއް ދެއްކި މައްސަލާގައި މާފަށް އެދުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެ ސްޓޭޝަނަށް އަންގާފައި ވަނިކޮށް ދިއެމްއެމްގެ ސީއީއޯ މަސްއޫދު ހިލްމީ ސޮއިކުރައްވާ މޯލްޑިވްސް ބުރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް އަށް މިއަދު ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ އެކޮމިޝަނުން ބެލި މައްސަލައިގެ ހުލާސާގައި ހަގީގަތާ ހިލާފަށް އޮރިޔާން ކާޑު ހިމެނޭ ކޮންޓްންޓް ބުރޯޑްކާސްޓްކޮށްފައި ވަނީ ދިއެފްއެމް ޕްލަސްގެ ހަބަރުގައި ކަމަށް ބުނެފައި ވީނަމަވެސް އޮރިޔާބް ކާޑު ހިމެނޭ ކޮންޓެންޓް ބުރޯޑްކާްސޓް ކުރެވިފައިވަނީ ދިއެފްއެމް ޕްލަސްގެ ހަބަރުގައި ނޫން ކަމަށެވެ.

"އޮރިޔާން ކާޑް ހިމެނޭ ކޮންޓެންޓް ބުރޯޑްކާސްޓްކޮށްފައިވަނީ ދިއެފްއެމް ޕްލަސްގެ ހަބަރުގައި ކަމަށް ބުނެފައިވާ ބުނުން، މި ސްޓޭޝަނުން ގަބޫލް ނުކުރާ ވާހަކަ ދަންނަވަމެވެ." އެސިޓީގައި ބުނެފައިވެ އެވެ.

އެސިޓީގައި ބުނެފައިވަނީ އެމައްސަލަ ހަގީގަތާ އެއްގޮތަށް ރައްޔިތުނަށް ސާފްވާ ފަދަ ގޮތަކަށް އިސްލާހްކޮށް ދެއްވުމަށް އެދޭ ކަމަށެވެ. އަދި "ފްރާންސް 24" އިން ލައިވްކޮށް ގެނެސްދިން އެ ކޮންޓެންޓެއް ދިއެފްއެމް ޕްލަސް މެދުވެރިކޮށް އާންމުވެފައިވާތީ އެކަމާ ހިތާމަކޮށް މާފަށް އެދޭ ކަމަށް ބުނެފައިވެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނީ އެގޮތަށް ދިއެފްއެމް ޕްލަސް އަށް މާފަށް އެދެން އަންގާފައި ވަނީ މިދިޔަ މަހުގެ އަށް ވަނަ ދުވަހުގެ ރޭ ގެ 10:00 ގައި އެތަނުން ގެނެސްދިން ޚަބަރުގައި އޮރިޔާން ކާޑު ހިމެނޭ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާތީ ކަމަށެވެ. އަދި އަންނަ ބުދަ ދުވަހުގެ ކުރިން އެއްވެސް ޝަރުތެއް ނެތި އެއް ދުވަހުގެ ހެނދުނު 8:00 އާއި 11:00 އާ ދެމެދުގެ ވަގުތެއްގައި މައާފަށް އެދި ނެރޭ ނޫސްބަޔާން ދިއެފްއެމް ޕްލަސް އިން އާންމު ކުރުމަށް ވެސް އެޗެނަލް ހިންގާ މޯލްޑިވްސް މީޑިއާ ކޮމްޕެނީ ޕްރައިވެޓް ލިމިޓަށް އަންގާފައިވާނެ ކަމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.