އޭސީސީ ޓްވެންޓީ ޓްވެންޓީ ކުރިކެޓް މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ކުރިކެޓް ޓީމް އިއުލާން ކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ރޯޔަލް ޕާކްގައި ބޭއްވި ރަސްމިއްޔާތުގައި ގައުމީ ކުރިކެޓް ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައި ވަނީ މިދިޔަ ތިން އަހަރު ރާއްޖޭގައި ބޭއްވުނު އެކިއެކި މުބާރާތްތަކުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކާފައިވާ އަބްދުﷲ ޝާހިދެވެ.

އޭސީސީ ޓްވެންޓީ ޓްވެންޓީ ކުރިކެޓް މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 26 ވަނަ ދުވަހު ބައްދަލުކުރާނީ މުބާރާތް ބައްވާ ގައުމުކަމުގައިވާ ނޭޕާލާ ދެކޮޅަށެވެ. އަދި ސިންގަޕޫރާއެކު މިމަހުގެ 27 ވަނަ ދުވަހު ރާއްޖެ މެޗެއް ކުލޭއިރު، ތިންވަނަ މެޗުގައި ރައްޖެ މިމަހުގެ 29 ވަނަ ދުވަހު ނިކުންނާނީ ހޮންކޮންގާ ދެކޮޅަށެވެ. އަދި ހަތަރު ވަނަ މެޗުގައި ރާއްޖެ ނިކުންނާނީ މެލޭޝިއާއާ ދެކޮޅަށް މިމަހުގެ 31 ވަނަ ދުވަހުއެވެ.

މިފަހަރުގެ މުބާރާތުގައި ވާދަކުރުމަށް ގައުމީ ކުރިކެޓް ޓީމް ނޭޕާލްގެ ވެރިރަށް ކަތަމަންޑޫ އަށް ފުރުމަށް ހަމަޖެހިފައި ވަނީ އަވަށްޓެރި ސްރީ ލަންކާގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ފަހު މިމަހުގެ 24 ވަނަ ދުވަހުއެވެ. އަދި ގައުމީ ކުރިކެޓް ޓީމް ލަންކާއަށް ދިއުމަށް ފުރާނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

މި ފަހަރުގެ ގައުމީ ކުރިކެޓް ޓީމުގައި ހިމެނޭ 14 ކުޅުންތެރިންނާއި އޮފިޝަލުން:
1. މިހުސާން ހާމިދު
2. އަހުމަދު އަފްޒަލް ފާއިޒް
3. މުހައްމަދު އައްޒާޒް
4. ޝަފްރާޒް ޖަލީލް
5. އަހުމަދު ނިޝާމް ނަސީރު
6. އިސްމާއިލް އަލީ
7. މުހައްމަދު އަކުރަމް
8. މުހައްމަދު ރިޝްވާން
9. ހަސަން ހާޒިގު ރަޝީދު
10. އަހުމަދު އަމީލް މައުރޫފް
11. މުހައްމަދު ޝާފީ ސައީދު
12. އިޝާން ޖަހަކޮޑީ
13. ރޯޝަން މަދުރުވާލަ
14. ކެޕްޓަން އަބްދުﷲ ޝާހިދު
15 މާދިހް އިސްމާއީލް- މެނޭޖަރު
16. ނިލާންތަ ކޫރޭ- ކޯޗް
17. އިމާދު އިސްމާއީލް- ޓްރޭނާ
މިއެވެ.