11 Mar 2013, 11:58
ދިރާގް ދިވެހި ލީގުގައި އިއްޔެ ހަވީރު ވިބީ އައްޑޫ އެފްސީ އަތުން 5-0 ލަނޑުން މެޗް ކާމިޔާބުކޮށް ވެލެންސިއާ ލީގުގެ އެއްވަނަ މަގާމަށް ކުރިއަށް ޖެހިލައިފިއެވެ.
އިއްޔެ މެޗުގެ ފުރަތަމަ ލަނޑު ވެލެންސިއާއިން ޖަހާ މެޗުގެ ލީޑް ނެގީ ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި އެޓީމުގެ ބަލްގޭރިއާގެ ފޯވަޑް ރުމެން ޖޯޖިއޭވް އެލެކްޒަންޑަރޯފް އެވެ. އޭނގެ ތިން މިނެޓު ފަހުން ވެލެންސިއާއަށް މެޗުގެ ލީޑް ނެގުމަށް ޕެނަލްޓީއެއް ލިބުނެވެ. ވެލެންސިއާގެ ކެޕްޓަން އައްސަދު އަބްދުލްޣަނީ ޕޮނުވާލި ޕެނަލްޓީ ވީބީގެ ކީޕަރު ޒިޔަޒަން ވަނީ ދިފާއުކުރިއެވެ.
މެޗުގެ ލީޑް ފުޅާ ކުރުމަށް ވެލެންސިއާއަށް ލިބުނު ޕުރުސަތު އަކުރަމް ގެއްލުވާލި ކަމަކު، މެޗުގެ ފުރަތަމަ ހާފުގެ 25 ވަނަ މިނިޓުގައި އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޔާވޯ ވަނީ ވެލެންސިއާގެ ދެ ވަނަ ލަނޑު ޖަހައި، މެޗުގެ ލީޑް ވެލެންސިއާއަށް ފުޅާކޮށްދީފަ އެވެ. އަދި ވެލެންސިއާއިން ވީބީ ކޮޅަށް ޖެހި އެޓީމުގެ ތިން ވަނަ ލަނޑު ދެ ވަނަ ހާފުގެ ކުރީ ކޮޅު އެޓީމަށް ކާމިޔާބު ކޮށްދިނީ ބިދޭސީ ފޯވާޑް ފޯވަޑް ރުމެން އެވެ.
ވީބީ ކޮޅަށް ވެލެންސިއާއިން ޖެހި ހަތަރު ވަނަ ލަނޑު ދެ ވަނަ ހާފުގެ 61 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކެޕްޓަން އަކުރަމް އަބްދުލްޣަނީ އެވެ. އަދި ވެލެންސިއާގެ ފަސް ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުހުތާރު ނަސީރު (ޓޫކިލޯ) އެވެ.
އިއްޔެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އަކުރަމް އަބްދުލްޣަނީ އެވެ.
އިއްޔެގެ މޮޅާއެކު ތާވަލްގެ އެއްވަނަ މަގާމްގައި ވެލެންސިއާ އޮތީ ލީގުގައި ކުޅުނު ދެމެޗުން ލިބުނު މޮޅާއެކު ހަޕޮއިންޓާއެކު އެވެ. އަދި އިއްޔެގެ މެޗުން ބަލިވި ވީބީ އޮތީ ތާވަލްގެ ފުލުގަ އެވެ. ކުރީގެ ޗެމްޕިއަން ވީބީ ކުޅުނު ދެ މެޗުގައި އެ ޓީމު ކޮޅަށް 15 ލަނޑުވަދެފައިވާއިރު، ޖެހުނީ އެންމެ ލަނޑެކެވެ.
ލީގުގައި ދެން އެންމެ އަވަހަށް ވެސް މެޗެއް ކުޅޭނީ އަންނަ އާދިއްތަ ދުވަހު އެވެ. އެމެޗުގައި އެދުވަހު ހަވީރު 4:00 ޖަހާއިރު ބައްދަލުކުރާނީ މާޒިޔާ އާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ.