މިދިޔަ ފެބުރުއަރީ މަހު އާމްދަނީގެ ގޮތުން ލިބޭނެ ކަމަށް މީރާ އިން ލަފާކުރި އާމްދަނީ އަށް ވުރެ ލިބުނު އާމްދަނީ 18.3 ޕަސެންޓް އިތުރު ވެއްޖެ އެވެ.

މީރާ އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު މީރާ އަށް މިދިޔަ މަހު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 660.5 މިލިއަން ރުފިޔާ އެވެ. އެއީ ޑޮލަރުގެ ގޮތުން ނަމަ 27.3 މިލިއަން ޑޮލަރެވެ. މި އަހަރުގެ ޖެނުއަރީ މަހު މީރާ އަށް އާމްމުދަނީގެ ގޮތުގައި ވަނީ 1.1 ބިލިއަން ރުފިޔާ އެވެ. އަދި އެއީ ޑޮލަރުން ނަމަ 30.2 މިލިއަން ޑޮލަރެވެ.

މިދިޔަ މަހު މީރާ އަށް ލިބިފައިވާ އާމްދަނީގެ ތަފާސްހިސާބުތަކަށް ބަލާ އިރު ވިޔަފާރީގެ ފައިދާ އިން ނެގޭ ޓެކްސް ނޫނީ ބީޕީޓީގެ ގޮތުގައި 106137605ރ. ލިބިފައިވާ އިރު މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކްސްގެ ގޮތުގައި 372592101ރ. ވަނީ ލިބިފަ އެވެ. އަދި އެއާޕޯޓްގެ ސާވިސް ޗާޖްގެ ގޮތުގައި ވަނީ 55899990ރ. ވަނީ ލިބިފަ އެވެ.

ޓޫރިޒަމް ދާއިރާ އިން މިރާ އަށް މިދިޔަ މަހު ލިބިފައިވާ އާމްމުދަނީ އަށް ބަލާއިރު ޓޫރިޒަމް ޓެކްސް ނޫނީ، ބެޑް ޓެކްސްގެ ގޮތުގައި 77634596ރ. މީރާ އަށް ވަނީ ލިބިފަ އެވެ. ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައި ވަނީ 6274954ރ. އެވެ.