މުޒާހަރާ އެއްގެ ތެރެއިން ފުލުހަކަށް ހަމަލާދިން މީހަކު ހޯދަން ފަށައިފި އެވެ.

ފުލުހަކަށް ހަމަލާދެނިކޮށް ނަގާފައިވާ ފޮޓޯ އާންމު ކުރުމަށް ފަހު ފުލުހުން މިއަދު ބުނެފައި ވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ މީހާ ހޯދަމުންދާ ކަމަށެވެ.

ފުލުހުން އާންމުކުރި ފޮޓޯގައި ފެންނަނީ ފުލުހުން ހޯދަމުންދާ މީހާ ފުލުހެއްގެ ގައިގައި ބައްދައި މާރާމާރީ ހިންގާތަނެވެ.

"މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާ ނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓްގެ ނަންބަރު 9631696 ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުން އެދެމެވެ." ފުލުހުން އާންމުކުރި އިއުލާނެއްގައި ބުނެފައިވެ އެވެ.

ފުލުހުން ކުރި އެ އިއުލާނުގައި ބުނެފައި ވަނީ ފުލުހުން ހޯދަމުންދާ އެ މީހާގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.