10 Mar 2013, 14:09
މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީގައި ވޯޓްލާ މީހުން ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރު ކޮށްފި އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އިލެކްޝަން ކޮމެޓީގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމެރީގައި އެމީހަކު ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރެގެން ވޯޓް ލުމަށް ބޭނުންވާ ފަރާތް ތަކަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު މި މަހުގެ 18 ވަނަ ދުވަހަށް އިތުރު ކޮށްދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީއާއި ގުޅިގެން ވަރަށް ގިނަ ޝަކުވާތައް އަންނަމުންދާ ކަމަށާއި އެގޮތުން އިލެކްޝަން ކޮމިޝަންގެ ސައިޓުން ޗެކް ކުރާއިރު ޕާޓީގެ ބައެއް މެންބަރުންގެ ނަންތައް ނެތުމުގެ ޝަކުވާ ވަރަށް ގިނައިން އަންނަ ކަމަށެވެ.
ތޮލާލް ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ ރަޖިސްޓްރީ ގައި ނަން ނެތް ނަމަވެސް މިދިޔަ މަހުގެ 28 ހުގެ ނިޔަލަށް ޕީޕީއެމް އަށް ވަނުމަށް ފޯމް ހުށަހަޅާފައިވާ ފަރާތް ތަކަށް އެ ބޭފުޅުންގެ ފޯމްތައް ޗެކް ކުރުމަށްއޭނާ އިތުރަށް ވިދާޅުވީ ފަހު ފޯމް ސައްހަ ބޭފުޅުންނަށް ޕްރައިމެރީގައި ވޯޓް ލެވޭނެ ކަމަށެވެ.