14 Oct 2010, 04:11
10:19
އެއްވެފައި ތިބި މީހުންގެ ތެރެއިން ހަތަރު މީހަކު މިނިސްޓަރުގެ ނާއިބާ ބައްދަލުކުރުމަށް ވައްދައިފި އެވެ. މިނިސްޓަރުގެ ނައިބު އެ ހަތަރު މީހުންނާ ބައްދަލު ކުރަނީ މީޑިއާ އާ ނުލަ އެވެ.
10:08
ހިދުމަތް ނުދެވޭ ކަމަށް ބުނެ ބަޔަކު މީހުން ލޭބާ މިނިސްޓްރީގެ މައި ގޭޓްގައި ތަޅުއަޅުވަފައި ވަނިކޮށް ފުލުހުން އައިސް ތަން ހުޅުވައިފި އެވެ.
މިއަދު ހެނދުނު ގާތްގަނޑަކަށް ސަތޭކައެއްހާ މީހުން ލޭބަރ މިނިސްޓްރީ ކައިރިއަށް އެއްވެ އެތަނުގައި ތަޅު އެޅުވުމަށްފަހު އެސަރަހައްދުގައި އެއްވެ ތިބެގެން ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދިޔަ އެވެ.
އެސަރަހައްދުގައި ތިބި ބައެއް މީހުން ބުނީ، އެ މިނިސްޓްރީގައި ހިދުމަތް ދިނުމަށް 14 ކައުންޓަރު ހުންނަ ކަމަށާއި ނަމަވެސް އެކަށީގެންވާ ހިދުމަތެއް ނުދޭ ކަމަށެވެ. އަދި މިއަދު މައިގޭޓްގައި ތަޅުއަޅުވަން ޖެހުނީ އެއްވެސް ކައުންޓަރަކުން ހިދުމަތް ނުދޭތީ ކަމަށްވެސް އެމީހުން ބުނަމުން ދިޔަ އެވެ. އެއްވެތިބި މީހުން ވަނީ ލޭބަރ މިނިސްޓަރ އަލްއުސްތާޛު ހަސަން ލަތީފުގެ އިސްތިޢުފާ އަށް ވެސް ގޮވާފަ އެވެ.
ތީމުގޭގެ ފުރަގަހުން ހުންނަ ކުރީގެ އެސްޓީއޯގެ އިމާރާތުގެ ގޭޓްގައި ތަޅުއެޅުވީ މުވައްޒަފުން އޮފީހަށް ނުކުތް ފަހުންނެވެ.
10:07
އެ ސަރަހައްދުގައި ތިބި ނޫސްވެރިން އެރެއަށް ވައްދައިފި އެވެ.
ފުލުހުން އައިސް ގޭޓްގެ ތަޅު ނެއްޓުމަށް ފަހު ބޭރުގައި ތިބި މުވައްޒަފުން ވައްދަން ފަށައިފި އެވެ.
9:48
އެ ސަރަހައްދުގައި 100 ވަރަކަށް މީހުން އެއްވެ އެބަ ތިބި ކަމަށް ސަންއެފްއެމް އޮންލައިން ޓީމުން ހަބަރުދެ އެވެ.
9:31
އެއްވި މީހުން ގޮވަމުން ދަނީ ހިދުމަތް ނުދެވުނަސް ބަރާބަރަށް ޖޫރިމަނާއި އެ ނޫން ފައިސާ ނަގާ ކަމަށެވެ.
9:29
އަދި އެ ސަރަހައްދަކަށް ފުލުހުންނެއް ނާދެ އެވެ.
9:27
އެއްވެފައި ތިބި މީހުން ގޮވަމުން ދަނީ ދުވާލަކު ދޫކުރަނީ 500 ނަމްބަރު ކަމަށާއި ހަވީރު 3 ޖަހާއިރު ހިދުމަތް ނިންމާލާ ކަމަށެވެ. އެކަމަކު 7 ޖަހާއިރު ވެސް މީހުންތައް ތިބޭ ކަމަށެވެ.
9:26
ތީމުގޭގެ ފުރަގަހުން ހުންނަ ކުރީގެ އެސްޓީއޯގެ އިމާރާތުގެ ގޭޓްގައި ތަޅުއެޅުވީ މުވައްޒަފުން އޮފީހަށް ނުކުތް ފަހުންނެވެ.
9:23
މިއަދު 9:30 އަށް މިނިސްޓަރު ކޯޓަށް ވަޑައިގަންނަވަން ޖެހޭ އެވެ. ނަމަވެސް ޔަގީނުން ވެސް މިނިސްޓަރުގެ ކާރުކޮޅު އޮތީ އެތެރޭގަ އެވެ. މިނިސްޓަރު ކޯޓަށް ވަޑައިގަންނަވަން ޖެހެނީ އޭނާ ގައުމީ ޕާޓީގެ އިމާދު ސޯލިހާ ދެކޮޅަށް ކުރައްވާ ދައުވާ އަކަށެވެ.
9:21
އެ ސަރަހައްދުގައި ހުރި ސަންއެފްއެމް އޮންލައިންގެ ނޫސްވެރިން ބުނީ، ލަފާކުރެވޭ ގޮތުގައި މިނިސްޓަރު ހުންނެވީ އޮފީހުގަ އެވެ.
9:18
އެއްވެފައި ތިބި މީހުން ލޭބަ މިނިސްޓަރު ހަސަން ލަތީފު އިސްތިއުފާ ދެއްވުމަށް ވެސް ގޮވަމުން އެބަދެ އެވެ.
9:17
އެ މިނިސްޓީގެ މައި ގޭޓްގައި ތަޅުއެޅުވި މީހުން ބުނީ، އެ މިނިސްޓްރީގައި ހިދުމަތް ދިނުމަށް 14 ކައުންޓަރު ހުންނަ ކަމަށާއި ނަމަވެސް އެކަށީގެންވާ ހިދުމަތެއް ނުދޭ ކަމަށެވެ. އަދި މިއަދު މައިގޭޓްގައި ތަޅުއަޅުވަން ޖެހުނީ އެއްވެސް ކައުންޓަރަކުން ހިދުމަތް ނުދޭތީ ކަމަށެވެ.
9:14
ގިނަ ބަޔަކު ވަނީ އެ ސަރަހައްދަށް އެއްވެފަ އެވެ.
9:12
ހިދުމަތް ނުދެވޭ ކަމަށް ބުނެ ބަޔަކު ލޭބާ މިނިސްޓްރީގެ މައި ގޭޓްގައި ތަޅުއަޅުވައިފި އެވެ.