10 Mar 2013, 13:10
ގދ. ތިނަދޫ ކައުންސިލް އިދާރާގެ ކުޑަ ދޮރެއް ހަލާކުކޮށްލައިގެން ވަދެ ކައުންސިލަރެއްގެ ލެޕްޓޮޕެއް ވަގަށް ނަގައިފި އެވެ.
އެރަށު ކައުންސިލްގެ އޮފިޝަލަކާ ހަވާލާދީ ހުވަދޫ އޮންލައިންގެ ނޫސްވެރިޔާ މުހައްމަދު އަޚްތަރު ބުނީ ރޭ ދަންވަރު ކައުންސިލް އިދާރާއަށް ވަދެފައިވަނީ ކައުންސިލްގެ ކުޑަ ދޮރެއް ހަލާކުކޮށްލައި އަދި ކުޑަ ދޮރުގައި ޖަހާފައި ހުރި ތޭރިތައް ހަލާކުކޮށްލައިގެން ކަމަށެވެ.
ކައުންސިލް އިދާރާއަށް ވަދެ ވަގަށް ނަގައިފައިވަނީ ތިނަދޫ ކައުންސިލް މެމްބަރު އަލީ ޝާމްގެ ލެޕްޓޮޕް ކަމަށް ވެސް ސަންއަށް މައުލޫމާތު ދެމުން އަޚްތަރު ބުންޏެވެ.
ތިނަދޫ ކައުންސިލް އިދާރާއިން ވައްކަން ކޮށްފައިވަނީ އެތަނުގައި ސެކިއުރިޓީ ބަލަހައްޓަމުން ދަނިކޮށެވެ.