މަޖީދީމަގު ކެންޕަސް ފިހާރަ ކައިރިން ރޭ ޒަޚަމްވި ޒުވާނާ ޒަޚަމްވީ އަމިއްލަ އަށް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފޝަލު ވިދާޅުވީ ރޭ 11:14ގައި ހިނގި އެ ހާދިސާގައި 22 އަހަރުގެ ޒުވާނާ ވަނީ އޭނާގެ ވައަތުގެ ހަތް ތަނަކަށް ތޫނު އެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލައިފަ އެވެ. އަދި އެމީހާއަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އޭނާގެ ހަށިގަނޑަށް ހަމަލަދިނީ އޭނާ މަސްތުގެ ހާލަތުގައި ހުރެގެންތޯ ޓެސްޓް ހަދަމުން އަންނަ ކަމަށެވެ.

ނަމަވެސް އޭނާ އަމިއްލައަށް ޒަޚަމްވީ ކީއްވެގެން ކަމެއް އަދި ސާފެއްނުވެ އެވެ.

މަޖީދީމަގު، ކެމްޕަސް ކައިރީގައި އަމިއްލައަށް ޒަޚަމްވި ޒުވާނާގެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އެވަގުތު މާލެތެރެ ޕެޓްރޯލު ކުރަން އުޅުނު ފުލުހުންނެވެ.