10 Mar 2013, 10:37
ފަނަރަވަނަ ވަނަ އިންޓަ ސުކޫލް ކެރަމް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ގިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލްގެ ހޯލުގައި ބާއްވައިފި އެވެ.
މިދިޔަ މަހުގެ 21 އިން ފެށިގެން ކުރިއަށްދިޔަ މި މުބާރާތުގެ ޓީމު އިވެންޓުގެ 11 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ ޖަމާލުއްދީން ސްކޫލް އަދި އަންހެން ކުދިންގެ ބައިން ތާޖުއްދީން ސުކޫލް ޗެމްޕިއަންކަން ހޯދައިފިއެވެ. 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން އިސްކަންދަރު ސުކޫލް ޗެމްޕިއަންކަން ހޯދިއިރު މިއުމުރު ފުރައިގެ އަންހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ އިމާދުއްދީން ސްކޫލެވެެ. 16 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ މަޖީދިއްޔާ ސްކޫލެވެ.
އަދި އެ އުމުރު ފުރައިގެ އަންހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ ތާޖުއްދީން ސުކޫލެވެެ. 19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ މަޖީދިއްޔާ ސްކޫލެވެ. މި އުމުރު ފުރައިގެ އަންހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ ހިރިޔާ ސްކޫލެވެެ.
އެމުބާރާތުގެ ސިންގަލްސް އިވެންޓުގައި 11 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ސިންގަަލްސް ޗެމްޕިއަންކަން ހޯދީ އިމާދުއްދީން ސްކޫލްގެ ނިބާލް އަހްމަދެވެ. އަދި އެ އުމުރު ފުރައިގެ އަންހެން ކުދިންގެ ބައިން ސިންގަަލްސް ޗެމްޕިއަންކަން ހޯދީ ހަމަ އެ ސުކޫލުގެ ޒަހުވާ ސިރާޖެވެ. 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ސިންގަަލްސް ޗެމްޕިއަންކަން ހޯދީ އިސްކަންދަރު ސްކޫލުގެ އާދަމް ޚަލަފް މަތީނެވެ. އަދި އެއުމުރު ފުރައިގެ އަންހެން ކުދިންގެ ބައިން ސިންގަަލްސް ޗެމްޕިއަންކަން ހޯދީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ އައިޝަތު ޝާރިފާއެވެ. 16 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ސިންގަަލްސް ޗެމްޕިއަންކަން ހޯދީ ދަރުމަވަންތަ ސުކޫލުގެ އަބްދުﷲ ޝާމިލެވެ. އަދި އެއުމުރު ފުރައިގެ އަންހެން ކުދިންގެ ބައިން ސިންގަަލްސް ޗެމްޕިއަންކަން ހޯދީ އަމީނިއްޔާ ސްކޫލުގެ އައިޝަތު ރިފްޤާއެވެ. 19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ސިންގަަލްސް ޗެމްޕިއަންކަން ހޯދީ މިޖީދިއްޔާ ސުކޫލުގެ އިބްރާހިމް ހުޖާނެވެ. އަދި އެއުމުރު ފުރައިގެ އަންހެން ކުދިންގެ ބައިން ސިންގަަލްސް ޗެމްޕިއަންކަން ހޯދީ ހިރިޔާ ސްކޫލުގެ އައިމިނަތު ވިދާދެވެ.
އެމުބާރާތުގެ ޑަބަލްސް އިވެންޓުގައި 11 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އިމާދުއްދީން ސްކޫލްގެ ހުސެއިން އަލްސަން އިބްރާހީމާއި އިބްރާހީމް ނީޝާމް އަހުމަދެވެ. އަދި އެ އުމުރު ފުރައިގެ އަންހެން ކުދީންގެ ބައިން ޑަބަލްސްް ޗެމްޕިއަންކަން ހޯދީ ތާޖުއްދީން ސުކޫލުގެ ހައްވާ ސުލައިމާން އާއި އައިމިނަތު މިޝްފާ މުސްތަފާއެވެ. 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އިސްކަންދަރު ސްކޫލުގެ މުހައްމަދު ބިލާލް އަހުމަދާއި ޔޫސުފް މިހުރާން މަތީނެވެ. އަދި އެއުމުރު ފުރައިގެ އަންހެން ކުދިންގެ ބައިން ޑަބަލްސްް ޗެމްޕިއަންކަން ހޯދީ އިމާދުއްދީން ސްކޫލްގެ އައިޝަތު ޝިފްނާ އާއި އައިމިނަތު އަޖުފާން އަހުމަދެވެެ. 16 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ދަރުމަވަންތަ ސުކޫލުގެ އަބްދުﷲ ޝާމިލް އާއި މުހައްމަދު ޖިނާހު އިބްރާހީމެވެ. އަދި މިއުމުރު ފުރައިގެ އަންހެން ކުދިންގެ ބައިން ޑަބަލްސްް ޗެމްޕިއަންކަން ހޯދީ އަމީނިއްޔާ ސްކޫލުގެ އައިޝަތު ރިފްޤާ އާއި ފާތިމަތު މާހާ ޝަމީމެވެ. 19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ޑަބަލްސްް ޗެމްޕިއަންކަން ހޯދީ ޖަމާލުއްދީން ސުކޫލުގެ އަބްދުﷲ މާކިން އާއި އަބްދުﷲ އަބާން އާދަމްއެވެ. އަދި އެ އުމުރު ފުރައިގެ އަންހެން ކުދީންގެ ބައިން ޑަބަލްސްް ޗެމްޕިއަންކަން ހޯދީ ހިރިޔާ ސްކޫލުގެ އައިމިނަތު ވިދާދު އާއި މުޒައިނަތު ރިޔާޒެވެ.
އަދި މީގެ އިތުރުން ޖަމާލުއްދީން ސްކޫލްގެ އަޑު އިވުމުން މަހުރޫމްވެފައިވާ ކުދިންނަށް ހާއްސަ ކުރެވިގެން ބޭއްވި ފިރިހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އިބްރާހިމް ފާއިޤް މުހައްމަދެވެ. އަދި އަންހެން ބައިން ޗެމްޕިއަންކަން ހޯދީ މަރިޔަމް ޝަފްނާ ހުސައިން އެވެ. އެ އިވެންޓުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަލީ ޝުއައިބް އަދި މުހައްމަދު އައްވާމެވެ. އަދި އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ހައްވާ ޔުމުން ޝަމީން އާއި މަރިޔަމް ޝަފްނާ ހުސައިންއެވެ.
މިފަހަރުގެ މުބާރާތުގައި މާލޭގެ 17 ސުކޫލަކުން 385 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. އެގޮތުން އެ ސުކޫލްތަކަކީ އަލް މަދަރަސަތުލް އަރަބިއްޔަަތުން އިސްލާމިއްޔާ، އަމީނިއްޔާ ސްކޫލް، ސީއެޗްއެސްއީ، ދަރުމަަވަންތަ ސްކޫލް، ގަލޮޅު މަދަރަސާ، ގިޔާސުއްދީން އިންޓަރނޭޝަނަލް ސުކޫލް، ހިރިޔާ ސްކޫލް، އިމާދުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ޖަމާލުއްދީން ސްކޫލް، ކަލާފާނު ސްކޫލް، މާފަންނު މަދަރަސާ، މަދަރަސަތުލް އަމީރު އަހްމަދު، މަޖީދިއްޔާ ސުކޫލް، މެޕްސް އިންޓަރނޭޝަނަލް ހައި ސުކޫލް، ތާޖުއްދީން ސުކޫލް އަދި ވިލާ އިންޓަނޭޝަނަލް ހައި ސުކޫލް އެވެ.